twitterviber whatsapp telegramfacebookyoutube instagram
14th April 2026

4000 ވުރެގިނަ ކުދިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފި

ޚަދީޖާ އާދަމް
Aug 19, 2021

އުމުރުން 12 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން ވެކްސިން ގެ ފުރަތަމަ ޑޯޒް ޖެހި ކުދިންގެ އަދަދު 4973 އަށް އަރައިފިއެވެ. ސްކޫލް ކުދިންނަށް ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައިވަނީ މި މި ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެންނެވެ.

އެ އުމުރުގެ ކުދިންނަށް ދޭން ނިންމާފައިވަނީ ފައިޒާ ވެކްސިނެވެ. މިއީ އެމެރިކާގެ އެހީގައި ރާއްޖެ ގެނައި 128،600 ޑޯޒުގެ ފައިޒާ ވެކްސިނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ވެކްސިން ޖެހުމުގެ މަސައްކަތް ފެށިފަހުން މިއަދާ ހަމައަަށް އަތޮޅުތަކުންނާއި މާލެއިން ވެސް ވެކްސިން ޖެހުމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.

މީގެ އިތުރުން އެޕޮއިންޓްމަންޓް އުސޫލުން ކުޑަކުދިންނަށް ވެކްސިން ޖަހައިދިނުމުގެ ކަންކަން ހަމަޖައްސަމުން އަންނަ އިރު އެޗްޕީއޭއިން ބުނީ ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ދިނުމަށް ހަމަޖެހިފައިވަނީ އެއްވެސް ސްކޫލެއްގައި ނޫޅޭ 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށާއި މާބަނޑު އަންހެނުންގެ އިތުރުން ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ބާރު ދަށް މީހުންނަށް ކަމަށެވެ.

ހަމައެއާއެކު ރާއްޖެއިން ބޭރަށް ކިޔަވަން ދާ ކުދިންގެ ތެރެއިން ފައިޒާ ވެކްސިން ނޫން އެހެން ވެކްސިނެއް ގަބޫލުނުކުރާ ގައުމުތަކަށް ދާ ކުދިންނަށްވެސް އެޕޮއިންޓުމަންޓް އުސޫލުން ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް، މުޅި އާބާދީގެ 80 ޕަސެންޓު މީހުން ވަނީ ޖަހާ ނިންމާފައެވެ. އަދި އާބާދީގެ 69 ޕަސެންޓު މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާ ނިންމާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355