twitterviber whatsapp telegramfacebookyoutube instagram
26th April 2024

ވިލާ ކޮލެޖު ކުޅުދުއްފުށީ ކެމްޕަހުން ބެޗެލާރ އޮފް އާރޓްސް ބިޒްނަސް މެނޭޖްމެންޓް އެންޑް މާކެޓިން ކޯހަށް ހުޅުވާލައިފި

މުޙައްމަދު އަހުމަދު
Aug 19, 2021

ވިލާ ކޮލެޖުގެ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރ އިންޓޭކްގެ ޕްރޮގްރާމްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު އެކޮލެޖުން ހުޅުވާލައިފި އެވެ.

މިފަހަރުގެ އިންޓޭކުގައިވެސް 100 އަށް ވުރެ ގިނަ ޕްރޮގްރާމް، ވިލާކޮލެޖުން ވަނީ ހުށަހަޅާފައެވެ. އެގޮތުން ފާހަގަ ކޮށްލެވޭ އެއް ޕްރޮގްރާމަކީ ފެކަލްޓީ އޮފް ބިޒްނަމް މެނޭޖްމެންޓްގެ އޮންލައިން ޕްރޮގްރާމެއް ކަމަށްވާ ބެޗެލާރ އޮފް އާރޓްސް ބިޒްނަސް މެނޭޖްމެންޓް އެންޑް މާކެޓިން ޕްރޮގުރާމެވެ.

މި ޕްރޮގްރާމުގެ އެންޓްރީ ކްރައިޓީރިއާގެ ތެރޭގައި ބެލެވޭނީ ޖީ.ސީ.އީ އޭލެވެލް/ އެޗް.އެސް.ސީ 2 ފާސް (ޖީ.ސީ.އީ އޭލެވެލް ފާހެއްކަމުގައި ބެލެވޭނީ 'އީ' ގްރޭޑަށް ވުރެ މަތި، އަދި އެޗް.އެސް.ސީ ފާހެއްކަމުގައި ބެލެވޭނީ 'ސީ' ގްރޭޑަށް ވުރެ މަތި) އޮތުން ނުވަތަ ގުޅެ ދާއިރާއެއްގެ ލެވެލް 4 ގެ ސެޓުފިކެޓެއް އޮތުމެވެ. މި ޕްރޮގްރާމްގެ އަލްޓަނޭޓިވް އެންޓްރީ ކްރައިޓީރިއާގެ ތެރޭގައި އުމުރުން 20 އަހަރު ފުރުމާއެކު، ސާނަވީ ތައުލީމު ފުރިހަމަކޮށް ގުޅޭދާއިރާއެއްގައި 2 އަހަރުގެ މަސައްކަތުގެ ތަޖުރިބާއެއް އޮތުން، އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ގަބޫލުކުރާ ފެންވަރުގެ ޔުނިވަރސިޓީ ޕްރިޕަރޭޝަން ޕޮރްގްރާމެއް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވުން ހިމެނެއެވެ.

ބިޒްނަސް މެނޭޖްމެންޓް އަދި މާކެޓިން އަކީ ވަޒީފާގެ ދާއިރާތަކުގެ ތެރެއިން ނިސްބަތުންވެސް ވަރަށްވެސް ކާމިޔާބު ދާއިރާއެއް ކަމަށާއި ކުދި އަދި ބޮޑު ކޮންމެ އޮފީހެއް ނުވަތަ ކުންފުންޏެއްގައިވެސް މާކެޓިން ޑިޕާރޓްމެންޓަކީ ވަރަށް މުހިންމު ބައެކެވެ. އަދި މި ކޯހަކީ އެފަދަ މަގާމުތަކަށް ޤާބިލް އަދި ކެރޭ ޒުވާނުންތަކެއް ބިނާކުރުމުގެ މަގްސަދުގައި އެކުލަވާލެވިފައިވާ ކޯހެއް ކަމަށް ވިލާކޮލެޖުން ބުނެފައިވެ އެވެ.

ބެޗެލާރ އޮފް އާރޓްސް މެނޭޖްމެންޓް އެންޑް މާކެޓިން ޕްރޮގްރާމްގެ ފީ އަކީ މަހަކު 2999 ދިވެހި ރުފިޔާއެވެ. ގަވާމެންޓް ގްރާންޓް ސްކީމުގެ ދަށުން މިޕްރޮގްރާމްގެ ފީ އަށް ދަރިވަރުގެ އަތުން ދައްކަންޖެހޭ އަގަކީ އަކީ މަހަކު 1670 ރުފިޔާއެވެ.

މި ކޯހުގެ ކިޔެވުން ބަހާލެވިފައިވަނީ 3 އަހަރު ދުވަހުގެ މައްޗަށެވެ. މި ކޯހުގެ ފުރަތަމަ އަހަރު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމުން ޑިޕްލޮމާ އިން ބިޒްނަސް ސެޓުފިކެޓު ލިބިގެން ދާނެއެވެ. އަދި 2 ވަނަ އަހަރު ފުރިހަމަ ކުރުމުން ޑިޕްލޮމާ އިން ބިޒްނަސް މެނޭޖްމެންޓް އެންޑް މާކެޓިންގ ސެޓުފިކެޓު ލިބިގެން ދާނެކަމަށް ވިލާ ކޮލެޖުން ހާމަކުރެ އެވެ.

ކޯހަށް އެޕްލައި ކުރުމުގެ އެންމެ ފަހުގެ ތާރީހަކީ 28 އޮގަސްޓް 2021 އެވެ. އެހެން ކޯސްތަކެކޭ އެއްފަދައިން މި ކޯހަށްވެސް ވިލާކޮލެޖުގެ ވެބްސައިޓުން އޮންލައިންކޮށް އެޕްލައިކޮށްލެވޭނެއެވެ. އިތުރު މައުލޫމާތު ވިލާކޮލެޖު ކުޅުދުއްފުށީ ކެމްޕަހުގެ ފޯން ނަންބަރު 7980611 އަށް ގުޅައިގެން ނުވަތަ ވައިބަރ ކޮށްގެން ސާފުކޮށްލެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355