twitterviber whatsapp telegramfacebookyoutube instagram
2nd July 2025

ކުޅުދުއްފުށީގެ ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕުލޭން ރައްޔިތުންނާ ހިއްސާކުރުން ހުކުރު ދުވަހު

މުޙައްމަދު އަހުމަދު
Aug 19, 2021

ކުޅުދުއްފުށީގެ ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން ރައްޔިތުންނާ ހިއްސާކުރުމަށް ނިންމާ އެ ބައްދަލުވުން އަންނަ ހުކުރުދުވަހުގެ ރޭ ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.

ކުޅުދުއްފުށި ސިޓީގެ ކުރިއަށް އޮތް 5 އަހަރުގެ ތަރައްގީގެ ޕްލޭން އަދި ލޭންޑް ޔޫސް ޕްލޭން ފާސްކުރުމުގެ ކުރިން ރައްޔިތުންނާ ހިއްސާކުރުމަށް ބާއްވާ ބައްދަލުވުން 20 އޮގަސްޓްވާ ހުކުރު ދުވަހު އޮންނާނެ ކަމަށް އެ ކައުންސިލުން ވަނީ ހާމަކޮށްފަ އެވެ.

މިބައްދަލުވުން އޮންނާނީ ހުކުރުދުވަހުގެ ރޭ 20.30 ގައި ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގަ އެވެ. އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ބައްދަލުވުމުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް ކައުންސިލުން ވަނީ އެދިފަ އެވެ.

ކުޅުދުއްފުށީގައި ކޮވިޑް ބަލި ޖެހިފައިވާ މީހުން ފެންނަމުންދާ ދުވަސްކޮޅެއްވުމުން ބަލީގެ ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު އޮތުމުގެ ހާލަތެއް ދިމާވެއްޖެނަމަ ބައްދަލުވުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލްގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ތަފްސީލްތައް ހިއްސާކުރެވޭނެކަމަށް އެކައުންސިލުން ބަޔާންކޮށްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355