twitterviber whatsapp telegramfacebookyoutube instagram
29th August 2026

ފެނަކަ ހދ އަތޮޅުގެ މުވައްޒަފުންނަށް ޓްރެއިނިން ޕްރޮގްރާމެއް ބާއްވައިފި

Aug 22, 2021

ފެނަކަ ހދ އަތޮޅުގެ މުވައްޒަފުންނަށް އެ ކޯޕަރޭޝަނުން ހާއްސަ ޓްރެއިނިން ޕްރޮގްރާމެއް ބާއްވައިފި އެވެ. ފެނަކަ އިންސްޓިޓިއުޓް ފޯ ޓްރެނިންގ އެންޑް ރިސާޗްއިން ހދ. އަތޮޅުގައި އެ ސެޝަން ބާއްވާފައި ވަނީ ކުޅުދުއްފުށީފަ އެވެ.

އެ ސެޝަނުގައި ޓެކްނިކަލް އަދި އިލެކްޓްރިކަލް ދާއިރާއިން ޓްރެނިން ފޯރުކޮށްދީފައި ވެއެވެ. އަދި ޕްރެކްޓިކަލް ބައިގައި ވަޔަރު ކުރުމަށް ޓެސްޓުކޮށްފައި ވެއެވެ. ފެނަކައިން ބުނީ އެ ޓްރެނިންގ ޕްރޮގްރާމް ނިމުމުން ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓިފިކެޓެއް ލިބިގެން ދާނެ ކަމަށެވެ.

އެއް ދުވަހުގެ މުއްދަތަށް ބޭއްވި އެ ސެޝަނުގައި ފެނަކައިގެ ކުޅުދުއްފުށީ ބްރާންޗުން ފަސް މުވައްޒަފުން ބައިވެރިވިއިރު، އެއަތޮޅުގެ އެހެން ކޮންމެ ބްރާންޗަކުން ދެ މުވައްޒަފުން ބައިވެރިވެފައިވެއެވެ. ނަމަވެސް މިވަގުތު މޮނީޓަރިންގެ ހާލަތުގައި އޮތުމުން މަކުނުދޫއާއި ނޭކުރެންދޫއިން މުވައްޒަފުންނަށް ބައިވެރިވެވޭގޮތް ވަނީ ނުވެފައެވެ.

މި ޕްރޮގްރާމް މި މަހުގެ 24 ވަނަ ދުވަހު ނ. ވެލިދޫގައި އެ ޕްރޮގްރާމް ބާއްވަން ހަމަޖެހިފައި ވާކަމަށާއި، ނ. އަތޮޅުގެ ހުރިހައި ބްރާންޗަކުން އެ ޕްރޮގްރާމްގައި ބައިވެރިވާނެ ކަމަށް ފެނަކައިން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355