twitterviber whatsapp telegramfacebookyoutube instagram
29th May 2026

ކުޅުދުއްފުއްޓާއި ނޮޅިވަރަމްފަރުގައި ސޯލާ ޕީވީ ހަރުކުރަން ފަށައިފި

ޚަދީޖާ އާދަމް
Aug 23, 2021

ހދ. ކުޅުދުއްފުޓާއި ހދ. ނޮޅިވަރަންފަރުގައި ސޯލާ ޕީވީ ހަރުކުރުރަން ފަށައިފިއެވެ. މިއީ ޕްރިޕެއަރިންގް އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނާޖީ ޑިވޮލޮޕްމެންޓު( ޕޮއިސްޓު) ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

ޕޮއިސްޓު ޕްރޮޖެކްޓަކީ އޭޝިއަން ޑިޕޮވޮލޮޕްމެންޓު ބޭންކްގެ އެހީއާއެކު ފެނަކަ ކޯޕަރޭޝަން އާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓު ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ ގުޅިގެން ހިންގާ ޕްރޮޖެކްޓެކެވެ.

މި މިޕްރޮޖެކްޓުގެ ދަށުން ކުޅުދުއްފުށީގައި 800 ކިލޯ ވޯޓްގެ ސޯލާ ޕީވީ ހަރުކުރާއިރު ނޮޅިވަރަންފަރުގައި 249 ކިލޯ ވޯޓްގެ ސޯލާ ޕީވީ ހަރުކުރާނެއެވެ.

ޕޮއިސްޓް ޕްރޮޖެކްޓުގެ ދަށުން ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 3.5 މެގަވޯޓްގެ ސޯލާ ޕީވީ ހަރުކުރެވޭނެއެވެ.

ކުޅުދުއްފުށީގައި ހަރުކުރެވުނު ސޯލާ ޕީވީގެ ސަބަބުން ފެނަކައިގެ ތެލުގެ ހަރަދުން އަހަރަކު 3,000,000 ރުފިޔާ ސަލާމަތް ވާނެ ކަމަށާއި އަދި ޖައްވަށް ބޭރުވާ ކާބަންޑައިއޮކްސައިޑްގެ މިންވަރު އަހަރަކު 1056 ޓަނު މަދު ވެގެންދާނެ ކަމަށް ފެނަކައިން މައުލޫމާތު ދެއެވެ.

އަދި ނޮޅިވަރަންފަރުގައިރުކުރެވުނު ސޯލާ ޕީވީގެ ސަބަބުން ފެނަކައިގެ ތެލުގެ ހަރަދުން އަހަރަކު 946,200 ރުފިޔާ ސަލާމަތް ވާނެ ކަމަށެވެ. އަދި ޖައްވަށް ބޭރުވާ ކާބަންޑައިއޮކްސައިޑްގެ މިންވަރު އަހަރަކު 328.68 ޓަނު މަދު ވެގެންދާނެ ކަމަށްވެސް ފެނަކައިން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355