twitterviber whatsapp telegramfacebookyoutube instagram
18th May 2024

ސާފް ޗެމްޕިއަންޝިޕަށް ނަގާ ރާއްޖޭގެ ޕްރިލިމިނަރީ ގައުމީ ސްކޮޑް އިއުލާންކޮށްފި

މުޙައްމަދު އަހުމަދު
Aug 24, 2021

އަންނަ އޮކްޓޫބަރު މަހު ފަށާ ސާފް ޗެމްޕިއަންޝިޕަށް ނުކުންނަ ރާއްޖޭގެ ޕްރިލިމިނަރީ ގައުމީ ސްކޮޑް އިއުލާނުކޮށްފި އެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ރާއްޖެ ނުކުންނާނީ ތަޖުރިބާކާރު ކޯޗު އަލީ ސުޒޭންގެ އިރުޝާދުގެ ދަށުންނެވެ. އަދި އެސިސްޓަންޓް ކޯޗަކަށް އިސްމާއިލް މަހަފޫޒް (އިންމަ) އަދި ގޯލްކީޕަރު ކޯޗުންގެ ގޮތުގައި ހުންނާނީ ކުރިން ވެސް އެ މަގާމުގައި ހުރި އިމްރާން މުހައްމަދާއި އަސްލަމް އަބްދުއްރަހީމް އެވެ. އަދި ޓީމު ޑޮކްޓަރަކީ އަބްދުﷲ ރާފިއު (ރާއްޕެ) އެވެ.

މިފަހަރުގެ ސްކޮޑް އިއުލާންކުރިއިރު އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ އަޝްހަދު އަލީ (އަޑުބަރޭ) އާއި އިސްމާއިލް އީސަ (މެސީ) އެވެ. މެސީ އެންމެ ފަހުން ގައުމީ ޓީމަށް ނަގާފައި ވަނީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ.

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ބޫޓާން އާ ދެކޮޅަށް ރާއްޖެ ނިކުންނަން އޮތް ދުވަހު އަޑުބަރޭ އަތުން އެއްވެސް ސަބަބެއް ނެތި ކެޕްޓަން ބޭންޑު އަތުލުމުން އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލި އެވެ. އަޑުބަރޭ ވަނީ ކުރީގެ ގައުމީ ޓީމުގެ ކެޕްޓަންކަންވެސް ކޮށްފަ އެވެ.

މިފަހަރުގެ މުބާރާތަށް ނެގި ޕްރިލިމިނަރީ ގައުމީ ސްކޮޑް:

ކުލަބް އީގަލްސްއިން ނެގި ކުޅުންތެރިން - އިމްރާން ނަޝީދު، އަހުމަދު ނޫމާން (ހެލްމެޓު)، ހުސައިން ޝިފާއު ޔޫސުފް (ކުރޯ)، މުހައްމަދު ނާއިމް، ހައިޝަމް ހަސަން، އަސްހަދު އަލީ (އަޑޭ).

މާޒިޔާއިން ނެގި ކުޅުންތެރިން - ހުސައިން ޝަރީފު، މޫސާ ޔާމީން (ޔާންބެ)، އިބްރާހިމް އައިސަމް، އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ)، މުހައްމަދު އިރުފާން (އިރޭ)، ސަމޫހް އަލީ (ސަމުއްޓޭ)، މުހައްމަދު އުމައިރު، އަސަދުﷲ އަބްދުﷲ، ހުސައިން ނިހާން (ނިހާޓް)، ހަމްޒާ މުހައްމަދު (ހަމްޕު)، ނާއިޒް ހަސަން (ދާދު).

ކުލަބް ވެލެންސިއާއިން ނެގި ކުޅުންތެރިން - މުހައްމަދު ޝަފީއު (ޗެކް)، މުހައްމަދު ފައިސަލް، އަލީ ފާސިރު (ސެންޓޭ)، އަލީ އަޝްފާގް (ދަގަނޑޭ)، އަކުރަމު އަބްދުލް ގަނީ.

ގްރީން ސްޓްރީޓްސް ނެގި ކުޅުންތެރިން - މުހައްމަދު ސާއިފް، ހަސަން ނަޒީމް ގާސިމު (ޗޯޓު).

ޔުނައިޓެޑް ވިކްޓަރީއިން ނެގި ކުޅުންތެރިން - އަލީ ނާޖިހު، މުހައްމަދު އާރިފް (ބަކާ)، އިސްމާއީލް އީސާ (މެސީ).

ޓީސީއިން ނެގި ކުޅުންތެރިން - މުހައްމަދު އަޖުފާން އަދި އަލީ ޝާމިސް (ތޮއްޕޭ).

ދަ ގްރާންޑޭއިން ގައުމީ ޓީމަށް ހޮވުނީ ޔަޝްފާދު ހަބީބު (މުލަކޭ) އެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯސްްޓްކުރަނީ ރާއްޖެއިންނެވެ. މިއީ ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރާ ދެ ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ބޭއްވީ 2008 ވަނަ އަހަރު ސްރީލަންކާއާ ގުޅިގެންނެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅެނީ ފަސް ގައުމެއް ވާދަކުރާއިރު ފީފާގެ ސަސްޕެންޝަނެއްގައި އޮތުމުން ޕާކިސްތާން މި ފަހަރުގެ މުބާރާތުގައި ނުކުޅެ އެވެ. އަދި ދަތުރުކުރުމުގެ ހުއްދަ ނެތުމުން ބޫޓާން އަށް ވަނީ މުބާރާތުގައި ބައިވެރިނުވެވޭގޮތް ވެފަ އެވެ. ވާދަކުރާ ޓީމުތަކަކީ ހޯސްޓްކުރާ ރާއްޖެއާއި ނޭޕާލާއި އިންޑިއާބަގެ އިތުރުން ބަންގްލަދޭޝް އަދި ސްރީލަންކާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355