twitterviber whatsapp telegramfacebookyoutube instagram
27th August 2025

ސިޔާސީ މަގްސަދެއް ހާސިލްކުރުމަށް އެއްވެސް މުވައްޒަފެއް ވަކިކޮށްފައެއް ނުވާނެ: ފެނަކަ

މުޙައްމަދު އަހުމަދު
Aug 24, 2021

ސިޔާސީ އެއްވެސް މަގްސަދެއް ހާސިލްކުރުމަށްޓަކައި ފެނަކައިގެ އެއްވެސް މުވައްޒަފެއް ވަޒީފާއިން ވަކިކޮށްފައި ނުވާނެކަމުގެ ޔަގީންކަން ފެނަކައިން ދީފި އެވެ.

އެކަން ހާމަކޮށްފައިވަނީ ފެނަކައިން ކުރި ޓްވީޓެއްގަ އެވެ. ފެނަކައިން ވިދާޅުވެފައިވަނީ ސިޔާސީ އެއްވެސް މަގްސަދެއް ހާސިލްކުރުމަށްޓަކައި ފެނަކައިގެ އެއްވެސް މުވައްޒަފެއް ވަޒީފާއިން ވަކިކޮށްފައި ނުވާނެ ކަމަށެވެ.

ފެނަކައިން މަޝްރޫއެއްގައި 3 މަސްދުވަހުގެ މުއްދަތަކަށް ވަގުތީގޮތުން މަސައްކަތް ކުރަމުންދިޔަ 4 މުވައްޒަފަކު ވަކިކޮށްފައިވާ ކަމަށާއި އެމުވައްޒަފުން ވަކިކޮށްފައިވަނީ އެމުވައްޒަފުންގެ މަސައްކަތުގެ އަހުލާގާއި ކުރަން ހަވާލުކުރާ މަސައްކަތަށް ގާބިލު މުވައްޒަފުން ނޫންކަމުގައި ފެންނާތީ ކަމަށް ފެނަކައިން ކުރި ޓްވީޓްގައިވެ އެވެ.

ބައެއް މީޑިއާތަކުން ކަމުގެ ހަގީގަތް އޮޅުވާލުމަށް ދޮގު ހަބަރު ޝާއިއު ކުރުމަކީ އެކުންފުނިން ކަންބޮޑުވާ ކަމެއްކަން ވެސް އެކުންފުނިން ވަނީ ހާމަކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355