twitterviber whatsapp telegramfacebookyoutube instagram
14th October 2025

ނ އަތޮޅުގެ ފެނަކަ މުވައްޒަފުންނަށް ޓެކްނިކަލް ޓްރެއިނިން ދީފި

މުޙައްމަދު އަހުމަދު
Aug 25, 2021

ފެނަކައިން އެކުންފުނީގެ ނ. އަތޮޅުގެ ބްރާންޗްތަކުގެ މުވައްޒަފުންނަށް ޓެކްނިކަލް ޓްރެނިންގ ދީފި އެވެ.

ފެނަކައިން ހާމަކުރި ގޮތުގައި ފެނަކަ އިންސްޓްޓިއުޓް ފޯ ޓްރެއިނިންގ އެންޑް ރިސާޗް ހިންގާ މިޓްރެއިނިންގައި އަތޮޅުގެ ކޮންމެ ބްރާންޗަކުން ދެ މުވައްޒަފުން ބައިވެރިވިއެވެ. މިޕްރޮގުރާމް ކުރިއަށް ގެންގޮސްފައިވަނީ ނ ވެލިދޫގަ އެވެ.

އެކުންފުނިން ކުރިއަށް ގެންދިޔަ ޕްރޮގުރާމްގައި މުވައްޒަފުންނަށް ޓެކްނިކަލް އަދި މެކޭނިކަލް ދާއިރާއިން ޓްރެއިނިން ފޯރުކޮށްދީފައިވާއިރު ފެނަކައިން ބުނީ ޕްރެކްޓިކަލް ބައިގައި ވަޔަރު ކުރުމަށްވެސް ޓެސްޓު ކޮށްފައި ވާނެ ކަމަށެވެ.

ޓްރެއިނިން ނިމުމުން ކޮންމެ ބައިވެރިއަކަށްވެސް ސެޓްފިކެޓެއް ދޭނެ ކަމަށް އެކުންފުނިން ހާމަކޮށްފައިވެ އެވެ.

މީގެ ކުރިން ހދ. އަތޮޅުގެ މުވައްޒަފުންނަށް ހާއްސަ ކޮށްގެންވެސް ޓްރެނިން ޕްރޮގުރާމެއް ފެނަކައިން ބާއްވާފައިވެ އެވެ. އެ ފަހަރުވެސް އެ އަތޮޅުގެ ކޮންމެ ބްރާންޗަކުން ދެ މުވައްޒަފުން ބައިވެރިވި އެވެ. މިފަހަރުގެ ޕްރޮގުރާމް މީ ފެނަކައިން ބޭއްވި އެފަދަ ދެވަނަ ޓްރެއިނިން ޕްރޮގުރާމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355