twitterviber whatsapp telegramfacebookyoutube instagram
29th July 2026

ކައުންސިލުން ރާވާފައިވާ ހަރަކާތްތަކާއި ނިންމުންތައް ހިއްސާކުރުމަށް މިރޭ ރައްޔިތުންނާ ބައްދަލުކުރަނީ

ޚަދީޖާ އާދަމް
Aug 26, 2021

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކުރިއަށް ރޭވިފައިވާ ހަރަކާތްތަކާއި، މުހިއްމު ނިންމުންތައް ހިއްސާ ކުރުމުގެ ގޮތުން މިރޭ ރައްޔިތުންނާއި ބައްދަލުކުރުމަށް ނިންމައިފި އެވެ.

އެކައުންސިލުން ބުނީ މި ބައްދަލުވުމުގައި އިދާރާގެ ރިޕޯޓްވެސް ރައްޔިތުންނާއި ހިއްސާކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މި ބައްދަލުވުން އޮންނާނީ މިރޭ 8:30 ގައި ހދ އަތޮޅު ތައުލީމީ މަރުކަޒު ހޯލުގައެވެ.

ކައުންސިލުން ބުނީ ރަށުން ކޮވިޑް ކޭސްއެއް ފެނި ހާލަތު ގޯސްވެއްޖެނަމަ ބައްދަލުވުން ކުރިއަށްގެންދާނީ އޮންލައިންކޮށް ކަމަށާއި އެހެންވެއްޖެނަމަ އެކަމުގެ ތަފްސީލް އެކައުންސިލްގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރާނެ ކަމަށެވެ.

މީގެ ކުރިންވެސް އެކައުންސިލުން ވަނީ ކުރިއަށް އޮތް ފަސް އަހަރުގެ ތަރައްގީގެ ޕްލޭން އަދި ލޭންޑް ޔޫސް ޕްލޭން ފާސް ކުރުމުގެ ކުރިން ރައްޔިތުންނާ މައުލޫމާތު ހިއްސާކުރުމަށް ބައްދަލުވުމެއް ބާއްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355