twitterviber whatsapp telegramfacebookyoutube instagram
15th April 2026

ކުޅުދުއްފުށީ އަންހެނުން ކޮމިޓީގެ ރައީސާގެ އިތުބާރު ނެތްކަމަށް ފާސްކޮށް މަގާމުން ދުރުކޮށްފި

އަބްދުލް ވާހިދު ޙަސަން
Aug 26, 2021
9

ކުޅުދުއްފުށި ސިޓީގެ އަންހެން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ހަދީޖާ މޫސާގެ އިތުބާރު ނެތްކަމަށް އެ ކޮމެޓީ ފާސްކޮށް މަގާމުން ދުރުކޮށްފި އެވެ.

ޕީޕީއެމް މެޖޯރިޓީ އޮންނަ މި ކޮމެޓީގެ ރައީސާގެ މަގާމުން ދުރުކުރި ހަދީޖާ މޫސާއަކީ ޕީޕީއެމްގެ މެމްބަރެކެވެ. އޭނާގެ އިތުބާރު ނެތްކަމަށް ހުށަހެޅީވެސް އެ ޕާޓީއަށް ނިސްބަތްވާ ސަމީމާ ހަސަނެވެ.

6 މެމްބަރުން ތިއްބަވާ ކޮމެޓީން ހަދީޖާއަށް އިތުބާރު ނެތްކަމަށް ފާސްވީ ހަތަރު ވޯޓުންނެވެ. އެއް ވޯޓު ފެންނަކަމަށް ދީފައިވާއިރު ވަކިކޮޅަކަށް ވޯޓް ދޭން ބޭނުން ނުވާ މެމްބަރަކުވެސް އިންނެވި އެވެ.

ކޮމެޓީގެ ނައިބު ރައީސާވެސް ހިމެނޭ ގޮތުން ހަތަރު މެމްމަރުންނަކީ ޕީޕީއެމްއަށް ނިސްބަތްވާ ބޭފުޅުންނެވެ. ބާކީ ތިއްބަވާ ދެ މެމްބަރުންނަކީ އެމްޑީޕީގެ މެމްބަރުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355