twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ފެނަކަ ކްލީނިންގ ޑޭ 2021 ފަށައިފި

Aug 28, 2021

ފެނަކަ ކްލީނިންގ ޑޭ 2021 ނަމުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހެޑް އޮފީހާއި ހުރިހާ ބްރާންޗްތަކެއް ހިމެނޭގޮތަށް ކުރިއަށްގެންދެވޭ ހަރަކާތް ފަށައިފި އެވެ. އެގޮތުން ފެނަކަ ހެޑް އޮފީހާއި، އަތޮޅުތެރޭގައި ހުރި ޖުމްލަ 154 ބްރާންޗްގެ މުވައްޒަފުން މިހަރަކާތުގައި ބައިވެރިވަމުންދެ އެވެ.

މިހަރަކާތް ކުރިއަށްދާނީ 28 އޮގަސްޓް 2021 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 07:00 ން މެންދުރުފަހު 16:00 އާ ދެމެދުއެވެ.

މިހަރަކާތުގެ މައިގަނޑު މަގްސަދަކީ ކުންފުނިން ހިދުމަތްދޭ ބްރާންޗްތަކުގެ މުވައްޒަފުން މަސައްކަތްކުރަމުންދާ މާހައުލަކީ ސާފުތާހިރު އަދި އެތަންތަނުގައި ކޮންމެހެން ހިފަހައްޓަންޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތައް ހިފެހެއްޓިފައިވާ ތަންތަނުގެ ގޮތުގައި ކަށަވަރުކުރުން ކަމަށް ފެނަކައިން ބުނެ އެވެ.

ފެނަކައަކީ ކަރަންޓާއި ފެން އަދި ނަރުދަމާގެ ހިދުމަތް ދިވެހިރާއްޖޭގެ ބޮޑު އާބާދީއަކަށް ފޯރުކޮށްދެމުން އަންނަ ކުންފުންޏެއްކަމުގައިވާތީ، އެކުންފުނީގެ ހިދުމަތްދޭ ބްރާންޗްތަކަކީ އެރަށެއްގައި ދިރިއުޅެމުންދާ އާންމު ރައްޔިތުންނާއި އަދި ހަމައެފަދައިން އެހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްކުރަމުންދާ އެކުންފުނީގެ ހީވާގި މުވައްޒަފުންނަށް ރައްކާތެރި އަދި މަސައްކަތުގެ ފެންވަރު އެންމެ ރަނގަޅު ފެންވަރުގައި ފޯރުކޮށްދެވޭ ފެންވަރުގެ ތަންތަންކަމުގައި ދެމެހެއްޓުމަކީ އެކުންފުނީގެ އަމާޒެއް ކަމަށް ފެނަކައިން ބުނެ އެވެ.

މިހަރަކާތުގެ ތެރެއިން ކުރުމަށް ރޭވިފައިހުރި ކަންކަމުގެ ތެރެއިން މައިގަނޑު ކަަންކަމާއި އެކަމުގެ ތަފްސީލް:

1. އިލެކްޓްރިކަލް ސޭފްޓީ

2. ގުދަންކުރުން

3. ކެމިކަލް ސްޓޯރޭޖް އަދި ސޭފްޓީ

4. ކޮމްޕްރެސްޑް އެއަރ އަދި ކޮމްޕްރެސްޑް ގޭސަސް

5. ފަޔަރ ޕްރިވެންޝަން

6. ހަޒާރޑަސް ވޭސްޓް އާއި މެޓީރިއަލް ޑިސްޕޯސަލް އަދި ރިސައިކްލިންގ

7. މެނުއަލްސް، ޓްރެއިނިންގްސް، އެސްއޯޕީސް،ސޭފްޓީ ޑާޓާ ޝީޓްސް

8. ޖެނެރަލް ވޯރކް އެންވަޔަރަމެނެޓް އަދި އިންޑޯރ އެއަރ ކޮލިޓީ

9. އިންޖީނުގޭގައި ކޭބަލްތައް ގެންގޮސްފައިވަނީ ރަނގަޅަށްތޯ ބަލައި، ކޭބަލްތަކުގެ އިންސިއުލޭޝަން ހަލާކުވެފައިނެތްކަން ޔަޤީންކުރުން.

10. ތެޔޮ ރައްކާކޮށް ބެހެއްޓިފައިވަނީ އީ.ޕީ.އޭ ގެ ޤަވާޢިދާ އުސޫލުގެ ތެރެއިންތޯ ބެލުން.

11. ކެމިކަލްތައް ރައްކާކުރެވިފައިހުރީ ރަނގަޅަށް ލޭބަލްކުރެވިފައިތޯ، އަދި މުއްދަތު ހަމަވެފައިހުރި ތަކެތި އުކާލެވިފައިވެތޯ ބެލުން.

12. ވިހަ އަދި ހުޅުހިފާ ޒާތުގެ އެއްޗެހި އަޅާ ކުނިވަށި ހުރީ ވަކިން ފާހަގަ ކުރެވި ހުއްދަދެވިފައިތޯ ބެލުން.

13. ވިހަ އަދި ހުޅުހިފާ ޒާތުގެ ނައްތާލަންޖެހޭ ކެމިކަލްސް ހިފާގެންގުޅެނީ ރަނގަޅަށްތޯ ބެލުން އަދި ގޭސް ސިލިންޑަރުތައް ރައްކާކުރެވިފައިހުރީ ގަދަ ހޫނާއި، އަލިފާނާއި ދުރުގައިތޯ ބެލުން.

15. ގުދަންކުރެވިފައިވާ ތަކެތި ހުރީ މަސައްކަތްކުރާ މީހުންނާއި އެއްޗެހި ދައުރުކުރުމަށް ހުރަސް ނޭޅޭގޮތަށް އަދި ވަކިވަކިން ރައްކާކުރެވިފައިތޯ ބެލުން.

16. ހުޅުރޯވާ އަދި ގޮވާތަކެތި ހުރީ "ހުޅުރޯވާ" ނިޝާން ޖަހާފައިތޯ އަދި އެތަކެތި ރައްކާކުރެވިފައިހުރީ ސޭފްޓީ ކޭންސް ގައިތޯ އާއި، ބެހެއްޓިފައިހުރީ ހަމައެކަނި އެވަގުތު މަސައްކަތްކުރަން ބޭނުންވާ މިންވަރަށްތޯ ބެލުން.

17. އެޗް.އައި.ޑީ އަދި މާރކިއުރީ ވޭޕާރ ލޭމްޕްސް ފަދަ ހަޒާރޑަސް ވޭސްޓް ރަނގަޅަށް ރީސައިކަލް ކުރެވިފައިވޭތޯ ބެލުން.

18. ސްޓޭންޑަރޑް އޮޕަރޭޓިން ޕްރޮސީޖަރއާއި ސޭފްޓީ ޑާޓާ ޝީޓް ވަގުތުން ލިބެންހުރިތޯ ބެލުން.

ތިމާވެށި ހިމާޔަތްކުރުމަކީ ގައުމެއް ނުވަތަ ރަށެއް ނުވަތަ ވަކި ހާއްސަ ތަނެއް ކުރިއެރުމަށް ވަރަށް މުހިންމު ކަމެއް ކަމަށާއި ތިމާވެއްޓަކީ އަހަރެމެންގެ ވަށައިގެންވާ މާހައުލަށްވެފައި ތިމާވެށި ހިމާޔަތް ކުރުމަކީ ރަށުގެ އެންމެންގެ ނުވަތަ އެތަނެއްގައި އުޅޭ އެންމެންގެ ޒިންމާއެއް ކަމަށްވެސް ފެނަކައިން ބުނެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355