twitterviber whatsapp telegramfacebookyoutube instagram
29th December 2025

ވެކްސިން ފުރިހަމަކުރި މީހުންގެ އަދަދު 301،523 އަރައިފި

ޚަދީޖާ އާދަމް
Aug 30, 2021

ރާއްޖޭގައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ ޖުމްލަ އަދަދު 301،523 އަށް އަރައިފި އެވެ. މިހާތަނަށް ރާއްޖޭން 382،677 މީހުން ވަނީ ވެކްސިން ޖަހާފައެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ހޮނިހިރު ދުވަހު ވެކްސިން ޖަހާފައި ވަނީ ޖުމްލަ 1114 މީހުންނެވެ. އެއީ ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހި 334 މީހުންގެ އިތުރުން ފުރަތަމަ ޑޯޒް ޖެހި 780 މީހުންނެވެ.

ހޮނިހިރު ދުވަހު ފުރަތަމަ ޑޯޒު ޖަހާފައިވަނީ މާލެ ސަރައްދުން 258 މީހުންނާއި އަތޮޅުތެރެއިން 522 މީހުންނެވެ. އަދި ދެވަނަ ޑޯޒް ޖަހާފައިވަނީ މާލެ ސަރަހައްދުން 188 މީހުންނާއި އަތޮޅުތަކުން 146 މީހުންނެވެ.

އޮގަސްޓު މަހުގެ ނިޔަލަށް, ރާއްޖޭގެ ވެކްސިންޖެހޭ އާބާދީގެ 90 އިންސައްތައަށް ވެކްސިންގެ ދެ ޑޯޒް ޖެހުމަށް ސަރުކާރުން އަމާޒުހިފާފައިވާއިރު، މިހާރު ދަނީ އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެސް ވެކްސިން ދެމުންނެވެ. އެގޮތުން 10 ދުވަހުގެ ތެރޭގައި 30،109 ދަރިވަރުން ފައިޒަރ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355