twitterviber whatsapp telegramfacebookyoutube instagram
21st September 2026

ނޮޅިވަރަންފަރުން މީހަކު ޕޮޒިޓިވްވެ، ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފި

ޚަދީޖާ އާދަމް
Aug 31, 2021

ހދ ނޮޅިވަރަންފަރުން މީހަކު ކޮވިޑަށް ޕޮޒިޓިވްވެ އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ. އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިއަދު ހެނދުނު ގާތްގަނޑަކަށް 7:40 ހާއިރު އެވެ.

އެރަށު ކައުންސިލްގެ ރައީސް އަބްދުﷲ ނަދީމް ވިދާޅުވީ އެރަށުން ޕޮޒިޓިވްވެފައިވަނީ ނޮޅިވަރަމް ކަލްސްޓާއިން ޕޮޒިޓިވްވި ފަރާތަކާއި ޑައިރެކްޓް ކޮންޓެކްޓްވި ފަރާތެއްކަމަށެވެ.

އެގޮތުން ނޮޅިވަރަމް ކްލަސްޓާއާ ގުޅުން ހުރި 22 ފަރާތެއް މިވަގުތު އެރަށުގައި އެބަތިބި ކަމަށާއި ނޮޅިވަރަމްއިން ޕޮޒިޓިވް ކޭސްތައް ފެނުނު ހިސާބުން ގުޅުން ހުރި ފަރާތްތަކުގެ ކޮންޓެކްޓް ޓްރޭސިންހަދާ އެ އެންމެންވެސް ތިބީ ކަރަންޓީންގައި ކަމަށް ނަދީމް ވިދާޅުވި އެވެ.

އެރަށުން ޕޮޒިޓިވްވި ފަރާތުގެ ސާމްޕަލްގެ ނަތީޖާ ލިބުނީ ރޭގެ ވަގުތެއްގައި ކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށްވެސް ނަދީމް ވިދާޅުވި އެވެ. މިއީ އެރަށުން ޕޮޒިޓިވް ކޭސްއެއް ފެނުނު ފުރަތަމަ ފަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293