twitterviber whatsapp telegramfacebookyoutube instagram
17th June 2026

ނޮޅިވަރަމްގެ އަދަދު މައްޗަށް، އިތުރު 21 މީހުން ޕޮޒިޓިވްވެއްޖެ

ޚަދީޖާ އާދަމް
Sep 2, 2021

ހދ ނޮޅިވަރަމުން އިތުރު 21 މީހަކު ޕޮޒިޓިވްވެ އެރަށުން ކޮވިޑް ޖެހުނު މީހުންގެ އަދަދު 84 އަރައިފި އެވެ.

މިދިޔަ އޮގަސްޓްމަހު 28 ވަނަ ދުވަހު އެރަށުން ނެގި ފުލޫ ސާމްޕަލްތަކެއް ޕޮޒިޓިވްވެ އެރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެގޮތުން އެރަށުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ ކުޑަކުދިންކަން ފާހަގަކޮށްލެވެއެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ކޭއާރުއެޗްގެ އޮފިޝަލަކުވެސް އަދި ނޮޅިވަރަމް ހެލްތް ސެންޓަރުގެ ޒިންމާދާރުވެރިޔާ ޝާފިއު މުހައްމަދުވެސް ވަނީ އެރަށުގައި ކޮމިއުނިޓީ ސްޕެރެޑެއް އޮތް ކަމަށް ވިދާޅުވެފައެވެ. އެރަށުން ކޭސްތައް ފެންނަ ފެށިފަހުން އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވެފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އެއީ 29 މީހުންނެވެ.

މި ކޭސްތަކާއި ގުޅިގެން އެރަށުގް 100 ގެއެއް މިވަގުތު މޮނީޓަރިންގެ ހާލަތުގައި އޮތްއިރު މި ކްލަސްޓާއާއި ގުޅުން ހުރި ނޮޅިވަރަންފަރުގެ 3 ފަރާތެއްވެސް ވަނީ ޕޮޒިޓިވްވެފައެވެ. މިވަގުތު ނޮޅިވަރަންފަރުވެސް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355