twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅިވަރު ތަރައްގީކުރަން އިންޑިއާއިން ރާއްޖެއަށް 40 މިލިއަން ޑޮލަރުގެ ލޯނެއް

ނަބީލާ އިސްމާޢީލް
Sep 2, 2021

ރާއްޖޭގެ ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމަށް ސަރުކާރުން އެކްސިމް ބޭންކާއެކު 40 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ސޮއިކުރި ލައިން އޮފް ކްރެޑިޓް އެއްބަސްވުމަކީ އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރް ފެބްރުއަރީ މަހުގައި ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ގައި ހުށަހެޅުއްވި ލޯނަކާ ގުޅިގެން ހެދި އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ. އަދި އެގްޒިމް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ، އެ ބޭންކުގެ ޖެނެރަލް މެނޭޖަރ ނިރްމިތު ވެޑެވެ.

އިންޑިއަން ހައި ކޮމިޝަނުން ބުނީ މި ލައިން އޮފް ކްރެޑިޓް ބޭނުން ކުރާނީ ހަމައެކަނި ދިވެހިން ބޭނުންވާ ފުޓްބޯޅަ، އެތްލެޓިކްސް، ވޮލީބޯޅަ، ބާސްކެޓްބޯޅަ ޓޭބަލް ޓެނިސް، އަދި އެހެނިހެން އިންޑޯގޭމްސް ކުޅެވޭ ސްޓޭޑިއަމް އާއި ދަނޑުތައް އަދި އެކުވެނި ބިނާކުރުމަށް ކަމަށެވެ. އަދި ފަންޑުގެ މަގްސަދަކީ އިންޑިއަން އޯޝަންސް ގޭމްސްތައް ރާއްޖޭގައި ބޭއްވުމަށް މަގުފަހިކުރުން ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.

އިންޑިއާ ސަރުކާރުން ފޯރުކޮށްދިން 40 މިލިއަން ޑޮލަރުގެ ލޯނުއެހީގައި މާލެއާއި އަތޮޅުތަކުގައި މިހާރު ހުރި ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމާއިގެ އިތުރު ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ކުރެވިގެންދާނެކަމަށް ސަރުކާރުން ބުނެ އެވެ. އެގޮތުން މި ލޯނު އެހީގެ ދަށުން މާލޭ ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑު އިތުރަށް ތަރައްޤީކޮށް، ޤައުމީ ވޮލީ އަދި ބާސްކެޓް ބޯލް ކޯޓުތައް ތަރައްޤީކުރުން ހިމެނެއެވެ. އަދި ބައެއް ރަށްރަށުގައި ސިންތެޓިކް ޓްރެކް ތަރައްޤީކުރުމާއި، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް ތަރައްޤީކުރުންވެސް ހިމެނޭކަމަށް ސަރުކާރުން ވިދާޅުވެއެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް ނޮވެމްބަރ 2020 ގައި ކުރެއްވި ދަތުރުފުޅުގައި ވަނީ ކުޅިވަރުގެ ދާއިރާއިން ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ ޒިންމާދާރު މުއައްސަސާތަށް ފާހަގަ ކުރެވޭ ފްރޭމްވަރކް އެއް ހެދުމަށް މެމޮރެންޑަމް އޮފް އަންޑަސްޓޭންޑަންއެއްގައި ސޮއިކުރައްވާފައެވެ.

ކުޅިވަރު ކުރިއެރުވުމަކީ އިންޑިއާއިން ރާއްޖޭގެ ތަރައްޤީ އަށް ވެދޭ އެހީގެ ވަރަށް ބޮޑު އެއް ބައެކެވެ. 200މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން 61 ރަށުގައި އައުޓް ޑޯ ޖިމްތައް ދަނީ ތަރައްޤީކުރެވެމުންނެވެ. އަދި މާލޭ ސިޓީގެ މަޤުބޫލު އެކުވެނި ޓްރެކް ވެސް ވަނީ މި އެހީގެ ދަށުން ތަރައްޤީކޮށް ޖެނުއަރީ މަހުގައި ހުޅުވާފައެވެ.

މީގެ އިތުރުން އިންޑިއާގެ ފޮރިން ސެކްރެޓަރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ، ކުޅިވަރުގެ ދާއިރާއިން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ޒިންމާދާރު މުއައްސަސާތައް ފާހަގަ ކުރެވޭ ފްރޭމްވޯކެއް ހެދުމަށް މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންއެއްގައި ސޮއިކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355