ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ށ ފޯކައިދޫއަށް ވަޑައިގެން އެރަށުގައި އަލަށް އިމާރާތް ކުރެވުނު ފެނަކަ އިންޖީންގެއާއި އޮފީސް އިމާރަތް ބައްލަވައިލައްވައިފި އެވެ.
މިހާރު ށ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ރައީސް އެރަށަށް ވަޑައިގެން ފެނަކަ އިންޖީންގެއާއި އޮފީސް އިމާރަތް ބައްލަވާ ލައްވާފައިވަނީ މިއަދު އެވެ.
މި ޒިޔާރަތުގައި އެމަނިކުފާނާއެކު ފެނަކަ އެމްޑީ އަހުމަދު ސައީދު ބައިވެރިވެލެއްވި އެވެ. އަދި ރައީސްވަނީ އެ އޮފީހުގެ މުވައްޒަފުންނާއި ބައްދަލުކުރައްވާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.