twitterviber whatsapp telegramfacebookyoutube instagram
14th October 2025

ފުނަރު ޕްރޮގްރާމުގެ އިމްތިހާނުު ވިލުފުށީގައި ބާއްވައިފި

ޚަދީޖާ އާދަމް
Sep 11, 2021

ފެނަކައިން ކުރިއަށް ގެންދާ ފުނަރު ޕްރޮގްރާމްގެ އިމްތިހާން ތ ވިލުފުށީފައި ބާއްވައިފި އެވެ.

ވިލުފުށިން މި ޕްރޮގްރާމުގައި 3 ދަރިވަރުން ބައިވެރިވެފައިވާއިރު އިއްޔެ ވަނީ މި ޕްރޮގްރާމްގެ ތިއަރީ އަދި ޕްރެކްޓިކަލް އިމްތިހާނުވެސް ބާއްވާފައެވެ.

މި ޕްރޮގްރާމަކީ ފެނަކައިން ބައްވާ އެޕްރެންޓިސްޝިޕް ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގެ ދަށުން ޓެކްނިކަލް އަދި މެކޭނިކަލް ދާއިރާއިން އިންޖީނު މަރާމާތު ކުރުމާއި، މެއިންޓެނެންސްގެ މަސައްކަތް ތަކާއި، މެކޭނިކަލް މަސައްކަތްތައް ބައިވެރިންނަށް ދަސްކޮށްދެވޭނެ އެވެ.

ފެނަކައިން ވަނީ މީގެ ކުރިން ހދ. ކުޅުދުއްފުށީ ސިޓީއާއި ށ. މިލަންދޫގައިވެސް އެ ޕްރޮގްރާމްގެ އިމްތިހާނު ބާއްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355