twitterviber whatsapp telegramfacebookyoutube instagram
14th June 2026

ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ އަދަދު 82،822 އަރައިފި

Sep 13, 2021

ރާއްޖޭން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 82،822 އަރާފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

އިއްޔެ ވެސް މުޅި ރާއްޖޭން 138 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އޭގެތެރެއިން 72 މީހުންނަކީ އަތޮޅުތެރެއިން ޕޮޒިޓިވްވި މީހުންނެވެ. އަދި މާލެ ސަރަހައްދުން 51 މީހަކު ޕޮޒިޓިވްވެފައިވާއިރު ރިޒޯޓުތަކުން 15 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އޭގެ ތެރެއިން މިވަގުތު ބަލި ޖެހިފައި ތިބީ 2,037 މީހަކަށެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 18 މީހަކަށެވެ.

މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 80،545 އެވެ. މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ހުރީ 227 ގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355