އަންނަން އޮތް ޖީލު ހަރުދަނާ ގޮތެއްގައި ބިނާކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ކ. ކާށިދޫ ކައުންސިލާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ވިދާޅުވީ ކުޑަކުދިންގެ ހަރުދަނާ ޖީލެއް ބިނާކުރުމަށްޓަކައި އެކުދިންނަށް ދޭ ޓެކްނޮޮލޮޖީގެ ވަސީލަތްތަކަށް ސަމާލުވެ އެ ކުދިން އޭގެން ކުރާ ކަންކަމަށް ސަމާލުވާންޖެހޭކަމަށާއި އަދި އެ ކުދިންނަކީ ހުނަރުވެރި ކުދިންތަކެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަށް ވެސް ހާއްސަ އިސްކަމެއް ދޭންޖެހޭކަމަށެވެ.
ހަމައެއާއެކު އެމަނިކުފާނު ވަނީ ކުޑަކުދިންގެ ރައްކާތެރިކަމާ ސަލާމަތަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ގޮވާލައްވާފައެވެ. އަދި ކުޑަކުދިންނަށް ހާއްސަކޮށް އެކި ޕްރޮގްރާމުތައް ހިންގުމަކީ ރަނގަޅު މުޖުތަމައުއެއް ބިނާކުރުމަށްޓަކައި މުހިންމުކަމެއް ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.