twitterviber whatsapp telegramfacebookyoutube instagram
22nd September 2026

ތިން ގައުމެއްގެ ސަފީރުން ފަތްކޮޅު އަރުވައިފި

ޚަދީޖާ އާދަމް
Sep 14, 2021

ތިން ގައުމަކުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރުން ސަފީރު ކަމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުއްވައިފި އެވެ.

އެގޮތުން ފަތްކޮޅު އަރުވާފައިވަނީ ވަނީ މޮރިޝަސް އާއި ހަންގޭރީ އަދި އާޖެންޓީނާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރުންނެވެ. ސަފީރުކަމުގެ ފަތް ކޮޅު އެރުއްވީ މޮރިޝަސްގެ އާ ނޮން ރެޒިޑެންޓް ސަފީރު ސާންތީ ބާއީ ހަނޫމާންޖީ އާއި ހަންގޭރީ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު އަންޑުރޭޒް ލެސްޒްލޯ ކިރަލީ އެވެ. އަދި އާޖެންޓީނާއިން ޑރ. އޫގޯ ހާވިއެރް ގޯބީ އެވެ.

މި ރަސްމިއްޔާތުގައި ސަފީރުން ވަނީ އެ ބޭފުޅުންގެ ގައުމުތަކާއި ރާއްޖެއާ ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293