twitterviber whatsapp telegramfacebookyoutube instagram
29th July 2026

އާޓްސް އަދި ކަލްޗާރ ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Sep 21, 2021

ކުޅުދުއްފުށިން އާޓްސް އަދި ކަލްޗާރ ފެސްޓިވަލްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

އާޓްސް އަދި ކަލްޗާރ ފެސްޓިވަލް އަކީ މިއަހަރުގެ ޤައުމީ ދުވަހާއި ގުޅުވައިގެން 3 ދުވަހުގެ މުއްދަތަކަށް މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފެސްޓިވަލް އެކެވެ.

މި ފެސްޓިވަލް އިންތިޒާމް ކުރަނީ ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިންނެވެ.

ކައުންސިލުން ބުނީ މި ފެސްޓިވަލް އަކީ މިއުޒިކާއި، ނެށުމާއި، ސަޤާފީ ހަރަކާތްތަކާއި އަދި ރަށުގެ ނަމުގައި ހުށަހެޅުމާއި އަދި އުފެއްދުންތެރިކަމުގެ ތަކެތި ވިއްކުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައިވާ ފެސްޓިވަލެއް ކަމުގަ އެވެ.

ފެސްޓިވަލްގައި ބައިވެރި ވާން ބޭނުންވާ ފަރާތްތަކުން އެ އިދާރާގެ ނަންބަރު 6528831 ފޯނަށް ގުޅުއްވައިގެން ނުވަތަ ހާއްސަކުރެވިފައިވާ ލިންކް މެދުވެރިކޮށް ގޫގްލް ފޯރމް ފުރައިގެން ނަން ނޯޓު ކުރެވޭނެކަމަށް ކައުންސިލުން ބުންޏެވެ

ބައިވެރިވާން ބޭނުން ފަރާތްތަކުން ނަން ނޯޓު ކުރުމުގެ ސުންގަޑިއަކީ މިމަހު 23 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355