twitterviber whatsapp telegramfacebookyoutube instagram
26th September 2026

ވެކްސިން ފުރިހަމަކުރި މީހުންގެ އަދަދު 335،000 އަރައިފި

ޚަދީޖާ އާދަމް
Sep 27, 2021

ރާއްޖޭން ކޮވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ އަދަދު 335،000 އަރާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނެފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު އެކަނިވެސް 633 މީހަކު ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. މިއާއެކު ރާއްޖެއިން ކޮވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ އަދަދު ވަނީ 335،926 އަށް އަރާފައެވެ.

އެގޮތުން މާލެ ސަރަޙައްދުން ވެކްސިންގެ ދެވަނަ ޑޯޒް 134 މީހުން ޖަހާފައިވާއިރު އަތޮޅުތަކުން ވެކްސިން ފުރިހަމަކުރި 499 މީހުންނެވެ.

މާލެ ސަރަޙައްދުން ފުރަތަމަ ޑޯޒް ޖެހި 52 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 104 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 391،738 އަށް އަރާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293