އަންނަމަހު ފަށާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގައި ޓްރޭނިންގ ކޭމްޕެއް ފުރިހަމަކުރުމަށްފަހު ގައުމީ ޓީމު އެނބުރި ރާއްޖެ އައިސްފި އެވެ.
ގައުމީ ޓީމު ފަރިތަކުރުންތައް ނިންމާލުމަށްފަހު މާލެ އައިސް ކޭމްޕްކޮށްފައިވަނީ ހޮޓެލް ޖެންގަ އެވެ. ރާއްޖޭގެ ގައުމީ ޓީމު މުބާރާތް ނިމެންދެން ހޮޓެލް ޖެންގައި ކޭމްޕްކުރާއިރު ރާއްޖޭގެ އިތުރުން ބަންގްލަދޭޝްގެ ގައުމީ ޓީމުވެސް ކޭމްޕް ކުރަން ހަމަޖެހިފައިވަނީ ޖެންގަ އެވެ.
މީގެ އިތުރުން ނޭޕާލްގެ ޓީމު ކޭމްޕުކުރާނީ ޕެރެޑައިސް އައިލެންޑް ރިސޯޓުގަ އެވެ. އަދި ސްރީ ލަންކާ ގައުމީ ޓީމު ހުޅުލެ އައިލެންޑް ހޮޓެލްގައި ކޭމްޕް ކުރާއިރު އިންޑިއާ ގައުމީ ޓީމު ތިބޭނީ ބަނޑޮހުގަ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އޮކްޓޫބަރު މަހުގެ އެއް ވަނަ ދުވަހު ރާއްޖެ ބައްދަލުކުރާނީ ނޭޕާލްއާ އެވެ.