twitterviber whatsapp telegramfacebookyoutube instagram
25th June 2025
ADVERTISEMENT
ރާއްޖޭގެ ގައުމީ ޓީމު-- ފޮޓޯ: ގައުމީ ޓީމު/ފޭސްބުކް

ބުދަދުވަހު ޓިކެޓު ވިއްކަން ފަށަނީ، ވެކްސިން ކާޑު ބޭނުންވާނެ

މުޙައްމަދު އަހުމަދު
Sep 27, 2021

އަންނަ އޮކްޓޫބަރު މަހު 1 ގައި ފެށުމަށް ހަމަޖެހިފައިވާ އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ޓިކެޓު ބުދަ ދުވަހު ވިއްކަން ފަށާނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

އެފްއޭއެމުން ބުނީ ހެނދުނު 10:00 އިން ފެށިގެން ގަލޮޅު ރަސްމީ ދަނޑުން ވިއްކާނީ ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ ދުވަހު ކުޅޭ ދެ މެޗުގެ ޓިކެޓުތައް ކަމަށާއި ކޮންމެ މެޗު ދުވަހެއްގެ ޓިކެޓުތައް ވެސް ވިއްކާނީ އެ މެޗު ދުވަހެއްގެ ކުރިން ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕަށް ގޮނޑިބަރީގެ ޓިކެޓެއް ވިއްކާނީ 100 ރުފިޔާ އަށެވެ. އަދި ސިޑިބަރީގެ ޓިކެޓު ވިއްކަން ހަމަޖެހިފައިވަނީ 75 ރުފިޔާ އަށެވެ.

ސާފް ޗެމްޕިއަންޝިޕްގެ ޓިކެޓު ވިއްކާނީ، ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ވެކްސިން ކާޑު އޮތް ފަރާތްތަކަށް އެކަނި ކަމަށް އެފްއޭއެމުން ބުނެ އެވެ.

މެޗަށް ވަންނައިރު ވެސް ވެކްސިން ކާޑު ބޭނުންވާނެ ކަމަށާއި މާސްކް އެޅުމަކީ ވެސް މަޖުބޫރުކަމެއް ކަމަށް އެފްއޭއެމުން ބުނެފައިވެ އެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com