twitterviber whatsapp telegramfacebookyoutube instagram
14th May 2026

ހއ އަތޮޅުން ޅ އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފި

މުޙައްމަދު އަހުމަދު
Sep 28, 2021

ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ހއ އަތޮޅުން ޅ އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފި އެވެ.

މިއަދު ހެނދުނު 06:00 އިން މެންދުރު 11:00 އަށް ހއ އާއި ޅ އަތޮޅާ ހިމެނޭ ސަރަހައްދަށް ކަނޑުތައް ގަދަވެ ބޯކޮށް ވާރެވެހި ގުގުރުންވެސް އެކަށީގެންވާ ކަމަށް ލަފާކުރެވޭ ކަމަށް އެއިދާރާއިން ބުނެ އެވެ.

ގަޑިއަކު 19 މޭލާ 24 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް އެއިދާރާއިން ލަފާކޮށްފައިވާއިރު ވިލާގަނޑުގައި ވެސް 45 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކުރައްވާފަ އެވެ.

އެހެންކަމުން މޫސުމާ މެދު ސަމާލުވުމަށް ވެސް މެޓް އޮފީހުން އިލްތިމާސްކުރައްވަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355