twitterviber whatsapp telegramfacebookyoutube instagram
20th August 2026

އދގެ ކާމިޔާބު ދަތުރުފުޅަށްފަހު ރައީސް ދެކަނބަލުން މާލެ ވަޑައިގެންފި

ޚަދީޖާ އާދަމް
Sep 28, 2021

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އދ.ގެ އާންމު މަޖިލީހުގެ 76ވަނަ ސެޝަނުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.

ރައީސް ސޯލިހް ތަގްރީރު ކުރައްވާފައި ވަނީ ސެޕްޓެންބަރު 21 ވަނަ ދުވަހު ދިވެހިބަހުންނެވެ. އެ ތަގުރީރުގައި ދިވެހި ބަހުން ވާހަކަ ދެއްކެވުމަކީ ބައިނަލްއަގުވާމީ މަސްރަހުގައި ރާއްޖެއަށް ބަސްބުނުމުގެ ގާބިލިއްޔަތު ލިބިގެންވޭތޯ އާއި ރާއްޖެއަކީ އެކަމަށް ކުފޫ ހަމަވާ ގައުމެއްތޯ ބައިނަލްއަގުވާމީ މައިދާނުގައި ކުރެވޭ ސުވާލުގެ ޖަވާބު ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް އދ.ގެ އާންމު މަޖިލީހުގައި ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގަންނަވާފައި ވަނީ 2019 ވަނަ އަހަރެވެ.

އެގޮތުން އެމަނިކުފާނުގެ ތަގުރީރުގައި ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ވަކާލާތުކުރައްވައި ދުނިޔެއަށް ކުރިމަތުވެފައިވާ ޓެރަރިޒަމްގެ މައްސަލަ އާއި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ވާހަކަދެއްކެވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ކޮވިޑް-19 ބަލިމަޑުކަމަށް އަލިއަޅުވާލައްވައި، އެފަދަ ބަލިމަޑުކަމެއް ތަކުރާރުވިޔަ ނުދިނުމަށް މުޅި ދުނިޔެ އދ. ގެ އާންމު މަޖިލީހަށް ބަރޯސާވާކަމަށް ވިދާޅުވެފައިއެވެ.

ރައީސްގެ އެ ދަތުރުފުޅުގައި ބައެއް ގައުމުތަކުގެ ލީޑަރުންނާ މަޝްވަރާ ބައްދަލުވުންތައް ބޭއްވެވި އިރު އޭގެ ތެރޭގައި ކުވޭތުގެ ބޮޑުވަޒީރު ޝައިހް ސަބާހް ހާލިދު އަލް ހަމަދް އަލް ސަބާހު އާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355