twitterviber whatsapp telegramfacebookyoutube instagram
27th April 2024

އިންޑިޔާގެ ކަނޑު އުޅަނދު މޮނީޓަރ ކުރާ އެލްއާރްއައިޓީ ނިޒާމު ރާއްޖެއަށް ހިލޭ

ޚަދީޖާ އާދަމް
Sep 30, 2021

އިންޑިޔާއިން ދުރުރާސްތާ ކަނޑު އުޅަނދު ޓްރެކިންގް ކުރުމަށް ގެންގުޅޭ އެލްއާރްއައިޓީ ނިޒާމު ރާއްޖެއިން ހިލޭ ބޭނުން ކުރުމާގުޅޭ އެއްބަސްވުމެއްގައި ރާއްޖެއާއި އިންޑީއާއާ ދެމުދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގައި ބޭއްވި ރަސްމީއްޔާތެއްގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޓްރާންސްޕޯޓު މިނިސްޓަރ ޢާއިޝަތު ނަހުލާއެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ.

މިއެއްބަސްވުމުގެ ދަށުން ރާއްޖެއަށް އިންޑިޔާގެ ލޯންގް ރޭންޖް އައިޑެންޓިފިކޭޝަން އެންޑް ޓްރެކިންގް އޮފް ޝިޕް (އެލް.އާރް.އައި.ޓީ) ނިޒާމުގެ ދަށުން ގާއިމު ކުރެވިފައިވާ އިންޑިޔާގެ ގައުމީ ޑޭޓާ ސެންޓަރުގެ އިތުރުން އެނިޒާމުގު ޓެސްޓު ފެސިލިޓީ، އެއްވެސް އަގަކާ ނުލައި ބޭނުން ކުރެވޭނެއެވެ. މިއީ 24 ގަޑިއިރު މިސަރަހައްދުގެ ކަނޑު ދަތުރުފަތުރުގެ ކަންކަން ބަލަހައްޓާ މޮނިޓަރ ކުރަމުންދާ ނިޒާމެކެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖެއާއި އިންޑިޔާއާ ދެމެދު ކަނޑު ދަތުރުފަތުރުގެ ދައިރާއިން އިތުރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިމަނާފައިވެއެވެ. މީގެ ދަށުން ތަމްރީނު ޕްރޮގްރާމްތަކާއި މިދާއިރާއިން މީހުން ބިނާކުރުމުގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް ވަނީ އެއްބަސްވެފައެވެ.

އިންޑިޔާ ހައިކޮމިޝަނުން ވިދާޅުވީ މިއެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކޮށް ތިމާވެށި ހިމާޔަތް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

މިނިޒާމަކީ އިންޓަނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަންގެ މެންބަރު ގައުމުތަކުން ބޭނުން ކުރުން ލާޒިމް ކުރާ ނިޒާމެކެވެ. ރާއްޖެއަކި އެ އޮގަނައިޒޭޝަންގެ މެންބަރު ގައުމެވެ. އިންޑިޔާގެ މިނިޒާމު 2014 ވަނަ އަހަރުން ފެށިގެން އަވައްޓެރި ސްރީ ލަންކާއިންވެސް ދަނީ ބޭނުން ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355