twitterviber whatsapp telegramfacebookyoutube instagram
1st July 2025

ހަރަދުގެ ގޮތުގައި 20 ބިލިއަން ހަރަދުކޮށްފި

ޚަދީޖާ އާދަމް
Sep 30, 2021

މި އަހަރުގެ މިހާތަނަށް ހަރަދުގެ ގޮތުގައި 20 ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެގޮތުން މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓުން 20,7 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މި ހަރަދުގެ ތެރެއިން ރިކަރަންޓް ހޭދައަށް 15 ބިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ.

ރިކަރަންޓް ހަރަދުގެ ތެރޭގައި ހިމެނޭ މުސާރަ ދިނުމަށް 6.9 ބިލިއަން ރުފިޔާ އަދި އެޑްމިނިސްޓްރޭޓިވް އެކްސްޕެންސަސް ތަކަށް 8.6 ބިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ. އަދި ލޮކްސް އާއި ރައިޓް އޮފްގެ ބަޔަކަށް 221.4 މިލިއަން ހޭދަ ކޮށްފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މިހާތަނަށް ދައުލަތުގެ ބަޖެޓަށް އާމްދަނީގެ ގޮތުގައި ލިބުނީ 12.9 ބިލިއަން ރުފިޔާ އެވެ. މިހާތަނަށް ޓެކުހުގެ ގޮތުގައި 9,3 ބިލިއަން އަދި ޓެކްސް ނޫން ގޮތް ގޮތުން 3.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ހިލޭ އެހީގެ ގޮތުގައި ލިބިފައި ވަނީ 394.4 މިލިއަން ރުފިޔާ އެވެ. މި އަހަރު ބަޖެޓުގެ ގޮތުގައި ކަނޑަައަޅާފައިވަނީ 33.4 ބިލިއަން ރުފިޔާއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355