twitterviber whatsapp telegramfacebookyoutube instagram
29th March 2024

ފާޑުކިޔުންތަކަށް މިނިސްޓަރު މަހްލޫފް ރައްދުދެއްވައިފި

މުޙައްމަދު އަހުމަދު
Oct 3, 2021

މިހާރު ކުރިއަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ހުކުރު ދުވަހުގެ ރޭ ރާއްޖެ އާއި ނޭޕާލް ބައްދަލުކުރި މެޗު ބައްލަވަން ވަޑައިގަނެ ސަރުކާރުގެ އިސްވެރިން ތިއްބެވި ތަނުގައި އިށީނދެވަޑައިގެންނެވުމުން އަމާޒުވި ފާޑުކިޔުންތަކަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ރައްދުދެއްވައިފި އެވެ.

އެ ފާޑުކިޔުންތަކަށް ރައްދުދެއްވަމުން އިއްޔެ އޮންލައިން ނޫސް "ސަން" އަށް މިނިސްޓަރު މަހްލޫފް ވިދާޅުވީ ސަސްޕެންޝަނުގައި ހުރި ނަމަވެސް ރަސްމީ މަސައްކަތްތައް ކުރުން ފިޔަވައި އެހެން ހުރިހާ އިމްތިޔާޒެއް ލިބިގެންވާ ކަމަށެވެ.

މަހުލޫފް ވިދާޅުވީ މަގާމުން ސަސްޕެންޑުކުރިކަން އަންގާ ރައީސް އޮފީހުން ފޮނުއްވި ސިޓީގައި އަންގާފައި ވަނީ ހަމައެކަނި ރަސްމީ މަސައްކަތްތަކުގައި ބައިވެރިނުވުމަށް ކަމަށެވެ. އެހެންނަމަވެސް މިނިސްޓަރެއްގެ ހައިސިއްޔަތުން ލިބިދޭ އެހެނިހެން އިމްތިޔާޒުތައް ލިބެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ޔޫތު މިނިސްޓްރީގެ ރަސްމީ އެއްވެސް މަސައްކަތެއްގައި އަޅުގަނޑުގެ ބައިވެރިވުން ނޯންނަ ކަމަށާއި ނަމަވެސް ވަޒީރެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ލިބިދޭ އެހެން ހުރިހާ އިމްތިޔާޒުތަކެއް މިހާރުވެސް ހިނގާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މުސާރަވެސް ހިނގާ ކަމަށާއި ކާރުވެސް އޮންނަ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގެ ތުހުމަތުކޮށް މަހުލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީއިން ޕީޖީގެ އޮފީހަށް މައްސަލަ ފޮނުވުމާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ ޖޫން މަހުގެ ނުވަ ވަނަ ދުވަހު މަހްލޫފް ސަސްޕެންޑުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355