ނެހާ ދުޕިއާއި އަންގަދު ބޭދީ އަށް ފިރިހެން ކުއްޖަކު ލިބިއްޖެއެވެ. މިކަން އިއުލާންކޮށްފައިވަނީ އަންގަދު ކުރި އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައެވެ.
ނެހާއާއި ދަރިފުޅުގެ ހާލުވެސް ރަނގަޅުކަމަށް އަންގަދު ކުރި ޕޯސްޓްގައި ބުނެފައި ވެއެވެ. އެދެމަފިރިންގެ މިހާރު ހުންނަނީ މެހެރް ކިހާ އަންހެން ކުއްޖެކެވެ.
މީގެ ކުރިން ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ނެހާ ބުނެފައިވަނީ ފުރަތަމަ ބަލިވެއިން ފަހަރަށް ވުރެ ދެވަނަ ފަހަރު އުދަނގުކަމަށާއި ހާއްސަކޮށް ކޮވިޑްއާއި ގުޅިގެން ހާލަތު އިތުރަށް އުދަނގުވި ކަމަށެވެ. އޭނާ ވަނީ ހުރިހާކަމެއްގައިވެސް ފިރިމީހާގެ ފަރާތުން ލިބުނު އެހީ ތެރިކަންވެސް ފާހަގަކޮށްފައެވެ.
ނެހާއާއި އަންގަދަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ތަހުނިޔާ ކިޔަމުންނެވެ.