މުޅި ރާއްޖެ ހައި ސްޕީޑް ފެރީ ނެޓްވޯކަކުން ގުޅައިލުމަށް ފަރުމާކޮށްފައިވާ އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު މަޝްރޫއުގެ ފުރަތަމަ އުޅަނދު ޓެސްޓުކޮށްފިއެވެ.
ހަލުވީ ފެރީގެ ފުރަތަމަ އުޅަނދު ބޭލީ މިދިޔަ މަހުގެ ފަހުކޮޅުއެވެ. އެއާއެކު އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް ވިދާޅުވީ ރާއްޖޭގެ ޕަބްލިކް ފެރީގެ ނިޒާމަށް އިންގިލާބެއް ގެނެވޭނެ ކަމަށެވެ.
Test trials of the first vessel of Integrated National Public Ferry Network is ongoing. Thanks to @MoNPHImv for your guidance during this process & Thanks to @gulfcraft Maldives for the dedicated commitment & assistance for MTCC to make this project a success. #MTCCSpeedFerry pic.twitter.com/HsPQ3IrgyB
— MTCC Plc (@MTCCPlc) October 3, 2021
މި ފެރީ ހިދުމަތުގެ ފުރަތަމަ ފިިޔަވަހީގެ ދަށުން ގުޅުވާލާނީ ހއ، ހދ އަދި ށ. އަތޮޅެވެ.
މި ފެރީ ނެޓްވޯކުގައި ބޭނުންކުރާނީ ދިގުމިނުގައި 47 ފޫޓު ހުންނަ، 40-50 މީހުންގެ ޖާގައިގެ ލޯންޗުތަކެވެ. އާޒިމް މީގެ ކުރިން ވިދާޅުވީ އާންމުކޮށް 14 ލޯންޗު ބޭނުންކުރާނެ ކަމަށާއި ބެކަޕްގައި ތިން ލޯންޗު އޮންނާނެ ކަމަށެވެ.