twitterviber whatsapp telegramfacebookyoutube instagram
27th April 2024

ބަންގްލަދޭޝްއިން މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އިންޑިއާއާ އެއްވަރުކޮށްފި

މުޙައްމަދު އަހުމަދު
Oct 4, 2021

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅެވުނު މެޗުން ބަންގްލަދޭޝް އިން މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އިންޑިއާއާ 1 - 1 އިން އެއްވަރުކޮށްފި އެވެ.

1 - 1 ން މިމެޗު އެއްވަރުވިއިރުއެންމެ ފުރަތަމަ ލަނޑެއް ޖަހާ ލީޑު ނެގީ އިންޑިއާއިންނެވެ. މިލަނޑު ޖަހައިދިނީ އުދަންތާ ސިންގް އަރިމަތިން އޭރިއާތެރެއަށް ހިފައިގެން ވަދެ ހުރަސްކޮށްލި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އިންޑިއާގެ ހުނަރުވެރި ކުޅުންތެރިޔާ ސުނިލް ޗެތުރީ އެވެ.

މެޗުގެ 54 ވަނަ މިނިޓްގައި އެ ޓީމުގެ ޑިފެންޑަރު ބިޝްވަނާތު ގޯޝް އަށް ރަތް ކާޑެއް ދެއްކުމުން ބަންގްލަދޭޝްއަށް އުދަނގޫތަކެއް ކުރިމަތިވި އެވެ. ނަމަވެސް އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުން ދިޔަ ބަންގްލަދޭޝްއިން ވަނީ ހިތްވަރުކޮށް މެޗުގެ 73 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. ވެއްޓިގެންފައި ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން މިލަނޑު ކާމިޔާބުކުރީ އެޓީމުގެ ޔާސިރު އަރަފާތެވެ.

މިމެޗުން ލިބުނު ޕޮއިންޓާ އެކު ޖުމްލަ 4 ޕޮއިންޓާއެކު ބަންގްލަދޭޝް ތާވަލުގެ އެއް ވަނައިގައި އޮތްއިރު ދެވަނައިގައި އޮތީ އެއް މެޗުން ތިން ޕޮއިންޓާ އެކު ނޭޕާލް އެވެ. އަދި އެއް މެޗު ކުޅެގެން ޕޮއިންޓެއް ހޯދި އިންޑިއާ ތިން ވަނައިގައި އޮތްއިރު ރާއްޖެ އާއި ލަންކާ އަށް ޕޮއިންޓެއް ނުލިބެ އެވެ. މުބާރާތުގެ ފައިނަލަށް ދާނީ ލީގު ބުރުގެ އެންމެ ކުރިހޯދާ ދެ ޓީމެވެ.

މުބާރާތުގައި މިރޭވެސް މެޗެއް ކުޅެވޭނެ އެވެ. މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ލަންކާއާއި ނޭޕާލް އެވެ. މިމެޗު ފަށާނީ މިރޭ ނުވައެއް ޖަހާއިރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355