twitterviber whatsapp telegramfacebookyoutube instagram
4th May 2025

ގްރީން ފަންޑަށް ޖުލައި މަހު 28 މިލިއަން ރުފިޔާ

ޚަދީޖާ އާދަމް
Oct 4, 2021

ގްރީން ފަންޑަށް ޖުލައި މަހު 28 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެގޮތުން ޖުލައި މަހު މާލެ އާއި ރާއްޖޭގެ ހުރިހާ އަތޮޅަކުން ވެސް ގްރީންޑް ފަންޑަށް ފައިސާ ޖަމާކޮށްފައިވެ އެވެ. އަދި ޖުލައިމަސް ނިމުނު އިރު ގްރީން ފަންޑުގައި ޖުމްލަ 1.02 ބިލިއަން ރުފިޔާ ހުރި ކަމަށްވެސް ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ގްރީން ފަންޑަށް ޖުލައި މަހު އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ ކ. އަތޮޅުންނެވެ. އެއީ 10.5 މިލިއަން ރުފިޔާ އެވެ. ދެވަނަ އަށް ރ. އަތޮޅުން 2.7 މިލިއަން ރުފިޔާ ލިބިފައިވާއިރު ތިންވަނަ އަށް އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ ދ. އަތޮޅުންނެވެ. އެއީ 2.4 މިލިއަން ރުފިޔާ އެވެ.

ގްރީން ފަންޑަށް ފައިސާ ޖަމާވެފައި ހުރި ގޮތަށް ބަލާއިރު މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް އެންމެ މަދުން ފައިސާ ލިބިފައިވަނީ ވެސް ޖުލައި މަހު އެވެ. ގްރީން ފަންޑުން ހަރަދުތަކަށް ބަލާއިރު ޖުލައި މަހު 29.6 މިލިއަން ރުފިޔާ އެ ފަންޑުން ހަރަދުކޮށްފައިވެ އެވެ.

ހަރަދުކޮށްފައިވާ 16 މަޝްރޫއުގެ ތެރޭގައި ހިމެނެނީ ރަށްރަށުގައި ކުނީގެ މައްސަލަތައް ހައްލުކުރުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ބަނދަރު ހެދުމުގެ އިތުރުން ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތްތަކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355