ބޮލީވުޑްގައި ކުރި އަރަމުން އަންނަ ބަތަލާ ޔަމީ ގޯތަމް އަހަރެމެންނަށް އެންމެ ފުރަތަމަ ފެނުނީ ފެއާ އެންޑް ލަވްލީ އިސްތިހާރު ތަކުންނެވެ. ޔަމީ މަގުބޫލްވެސް ވީ މި އިސްތިހާރުތަކުންނެވެ.
އެއަށްފަހު ބޮލީވުޑްގައި ފައިތިލަ ސާބިތުކޮށް އޭނާގެ އެކްޓިން ހުނަރު އަންނަނީ އެންމެނަށް ދައްކަމުންނެވެ. ނަމަވެސް ދާދި ފަހުން އޭނާ ވަނީ ކެރަޓޮސިސް ޕިލަރިސް ކިޔާ ހަމުގެ ބައްޔަކާއި ހަނގުރާމަ ކުރަމުން އަންނަ ވަހަކަ ބުނެފައެވެ.
އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި އޭނާ ބުނީ އެ ބަލީގެ ސަބަބުން ހަންގަނޑު ކުރަކިވެ ކުދި ބިހިނަގާ ހަންގަނޑު ރަތްވާކަމަށެވެ. މީގެ ކުރިން ފޮޓޯ ޝޫޓްތަކުގައި ނަގާ ފޮޓޯތައްވެސް އެޑިޓްކުރާ ކަމަށް ޔަމީ ބުންޏެވެ.
ނަމަވެސް މިހާރު މި މައްސަލައާއިއެކު އުޅެން ދަސްކޮށްފިން ކަމަށާއި ފޮޓޯތަކުން އެކަން ފޮރުވަން ނޫޅޭކަމަށްވެސް ޔަމީ ބުންޏެވެ.