އަންނަ ބުރާސްފަތި ދުވަހުގެ ރޭ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގެ ޓިކެޓް ވިއްކީ ގަވައިދާ އެއްގޮތަށް ކަމަށް އެފްއޭއެމުން ބުނެފި އެވެ.
އެފްއޭއެމް ނެރުނު ބަޔާނުގައި ވަނީ މި މުބާރާތުގައި ބޭނުން ކުރާ ގަވައިދަކީ ސާކްގެ ހުރިހާ ގައުމަކުން މަޝްވަރާކޮށް އެއްބަސްވުމަށް ފަހު އެކުލަވާލާފައިވާ ގަވައިދެއް ކަމަށެވެ.
މި މުބާރާތާއި މީގެ ކުރީގެ މުބާރާތްތަކުގެ ގަވައިދާއި އެއްގޮތްވާ ގޮތަށް ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ މެޗުގައި ބަންގްލަދޭޝް ސަޕޯޓަރުންނަށް ވިއްކަން ނިންމާފައި އޮތީ 200 ޓިކެޓް ކަމަށާއި މިހާރު އެހުރިހާ ޓިކެޓެއް ވިކި ހުސްވެފައިވާ ކަންވެސް އެފްއޭއެމުން ހާމަކުރެ އެވެ.
ބަންގްލަދޭޝް ރައްޔިތުންނަށް 1500 ރުފިޔާ އާއި 2000 ރުފިޔާ އާއި ދެމެދުގެ އަދަދަކަށް ޓިކެޓް ވިއްކުމުގެ ޝަކުވާ އެފްއޭއެމަށް މިހާރުވެސް ހުށަހެޅިފައިވާއިރު ދިވެހި ސަޕޯޓަރުންނަށް ވިއްކަން ހަމަޖައްސާފައިވާ ޓިކެޓެއްގައި ބިދޭސީއަކަށް ދަނޑަށް ނުވަދެވޭ ގޮތަށް އެފްއޭއެމުން ނިންމުމާއެކު ބްލެކްގައި ޓިކެޓް ވިއްކުން ހުއްޓިގެން ދާނެ އެވެ.