twitterviber whatsapp telegramfacebookyoutube instagram
5th May 2024

އުތުރު ބަނދަރު ސަރަހައްދުގައި ފިނި މައިޒާން ހަދަނީ

ނަބީލާ އިސްމާޢީލް
Oct 7, 2021
3

ކުޅުދުއްފުށީ އުތުރު ބަނދަރު ސަރަހައްދުގައި ދަތުރު ހިޔާ ދެ ފަރާތުގައި ފިނިމައިޒާނެއް ހަދަން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

އުތުރު ބަނދަރު ސަރަހައްދުގައި ދަތުރު ހިޔާ ދެ ފަރާތުގައި ފިނިމައިޒާނެއް ހަދަން މަޝްވަރާކުރީ އިއްޔެ އޮތް އެ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 20 ވަނަ ޖަލްސާގަ އެވެ. އެގޮތުން މި ޖަލްސާގައި އުތުރު ބަނދަރު ސަރަހައްދުގައި ދަތުރު ހިޔާ ދެ ފަރާތުގައި ފިނިމައިޒާނެއް ހަދަން ކޮންސެޕްޓް ޑްރޯވިން އަދި ބީއޯކިއު ހެދުން އައުޓް ސޯސް ކުރުމަށް މަޝްވަރާކޮށް ގޮތެއް ނިންމުމަށް ވަނީ ބަހުސް ކޮށްފައެވެ.

އެ ޖަލްސާގައި ވާހަގަ ދައްކަވަމުން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ ފިނިމައިޒާން ހަދަން އެ ޖެންޑާ ކުރެވިފައިވާ ސަބަބަކީ އެ ސަރަހައްދަކީ ރަށުގެ މޫނުމަތި ކަމަށް ވެފައި ދަތުރު ވެރިން އައިސް މަޑުކޮއްލަން ދަތުރު ހިޔާ ހުރިކަމުގައި ވިޔަސް އެއްވުރެން ބޮޑުކޮށް އޯޕަން އެއާގައި ތިބެވޭނެ ހިތްފަސޭހަ މައިޒާނެއް އެތާގައި ހުންނަންޖެހޭނެ ކަމަށް ގަބޫލުކުރާތީ ކަމަށެވެ.

އެޖެންޑާގައި ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި ކައުންސިލް މެމްބަރު ރިލްވާން މުހައްމަދު ވިދާޅުވީ މި ވަގުތު އެއީ ދަތުރު ހިޔާއެއް ނަމަވެސް ކުރިއަށް އޮތް ތަނުގައި އެ ބަނދަރު ވެގެންދާނީ ވަރަށް ކާރޫބާރޫ ބޮޑު ބަނދަރަކަށް ކަމަށެވެ. ރިލްވާނު ވިދާޅުވީ އެތަން ހަދަން ބޭނުންވަނީ ރަނގަޅު ވޯކްވޭއަކާއި އެކު އެތަން ފަރުމާކުރެވެން ކަމަށެވެ.

އަކައުންސިލް މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ ރަށުގެ މޫނުމައްޗަކީ ކޮންމެ ފަރާތަކުންވެސް އެންމެ ސަމާލުކަން ދޭތަން ކަމަށެވެ. އެހެން ކަމުން މޫނުމަތީގެ ވަކި ތަންކޮޅެއް ރީތިކުރުމުގެ ބަދަލުގައި މުޅި މޫނުމަތި ރީތިކުރުމުގެ ވިސްނުން ގެންގުޅެން ޖެހޭނެ ކަމަށެވެ. އަދި ކައުންސިލް މެމްބަރު މުހައްމަދު ދާއޫދު ވިދާޅުވީ އެތަން ޑިޒައިންވެގެން އަންނަ އިރު ގުދުރަތީ ގޮތްތަކެއްވެސް އެކުލެވޭގޮތަށް ޑިޒައިން ކުރުމަށް އެދޭ ކަމުގައެވެ. އެހެން ނޫނަމަ ރަށުގެ މަލަމަތި ފެންނާނީ މާލެ ހާބަރު ކަޑަ ސަރަހައްދު ފެންނަ ފަދައިން ކަމަށެވެ.

ބަހުސްގެ ތެރެއިން ވާހަކަ ދައްކަމުން ކައުންސިލް ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު ވިދާޅުވީ ރަށަށް ޒިޔާރާތް ކުރާ ފަރާތްތަ މެހެމާންދާރީ އަދާކުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އަލަށް ހަދާ ބަނދަރާއި އުތުރު ބަނދަރު ވޯކްވޭއަކުން ގުޅިފަ އިންނާނެ ދެ ބަނދަރު ކަމަށެވެ.

މި އެޖެންޑާގެ ވޯޓަށް ހުޅުވާލި ފުރުސަތުގައި އެ ބައްދަލުވުމަށް ހާޒިރުވި ހުރިހާ މެމްބަރުގެ އަގުލަބިއްޔަތުން ވަނީ ފާސްވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355