ފެނަކައިން ބ ހިތަދޫއަށް އިތުރު ޖެނެރޭޓަރު ސެޓެއް ގެންގޮސްފި އެވެ.
ފެނަކައިން ރަށްރަށުގެ ކަރަންޓް އަޕްގްރޭޑް ކުރުމަށް ކުރިއަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން އެރަށަށް ގެންގޮސްފައިވަނީ 400 ކިލޯ ވޯޓްގެ ޖަނަރޭޓަރު ސެޓެއްކަމަށެވެ.
ފެނަކައިން ބުނީ ހިތަދޫއަށް އިތުރު ޖެނަރޭޓަރެއް ގެންގޮސްފައިވަނީ އެރަށް ބޭނުންވާ ވަރަށް މިހާރު ހުރި ޖަނަރޭޓަރުތަކުން ކަރަންޓް ފޯރުކޮށްނުދެވުމުގެ ސަބަބުން ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވަމުން ދާތީ އެކަމުގެ ސަބަބުން އާންމުންނަށާއި ރަށުގެ ވިޔަފާރީތަކަށް ދިމާވަމުންދާ މައްސަލަތައް ހައްލުކޮށްދިނުމަށް ކަމަށެވެ.
އެގޮތުން އަލަށް ގެންދެވުނު ޖަނަރޭޓަރުގެ ސަބަބުން މި މައްސަލަތަކަށް ހައްލެ ލިބިގެންދާނެކަމަށް ފެނަކައިން މައުލޫމާތު ދެއެވެ. އަދި ވަރަށް އަވަހަށް ޖެނަރޭޓަރު އިންސްޓޯލްކޮށް ހިދުމަތް ދެވެން ފެށޭނެކަމަށްވެސް ފެނަކައިން ބުނެއެވެ.