twitterviber whatsapp telegramfacebookyoutube instagram
26th September 2026

ނޮވެމްބަރުގައި ފަތުރުވެރިންނަށް ވެކްސިން ދޭން ފަށަނީ

ޚަދީޖާ އާދަމް
Oct 9, 2021

ރައްޔިތުންނަށް ވެކްސިން ޖަހާ ނިމުމުން ފަތުރުވެރިންނަށް ވެކްސިން ދޭން ކުރިން ވެސް ނިންމައިފައިވާނެ ކަމަށާއި އެގޮތުން ނޮވެމްބަރު މަހުގައި ފަތުރުވެރިންނަށް ވެކްސިން ދޭން ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

"ސަން" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު މައުސޫމް ވިދާޅުވީ އެކަމުގެ މަޝްވަރާތައް ހެލްތު މިނިސްޓްރީއާ ކުރެވެމުން އަންނަ ކަމަށެވެ. އަދި ކުރިންވެސް ލަފާކޮށްގެން ތިބީ އަހަރުގެ ފަހު ކުއާޓާގައި ފަތުރުވެރިންނަށް ވެކްސިން ދޭން ފެށޭނެކަމަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މައުސޫމް އިތުރަށް ވިދާޅުވީ ފަތުރުވެރިންނަށް ދޭ ވެކްސިން އަކީ އެ ފަތުރުވެރިންނަށް "ތެންކިއު" އޭ ބުނަން ވެގެން ދޭ ވެކްސިނެއް ކަމަށެވެ. ސަބަބަކީ ވެކްސިން ނެތި ވެސް އެ ފަތުރުވެރިން ރާއްޖެއަށް އައުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މިނިސްޓަރު ވިދާޅުވީ ވެކްސިން ޓޫރިޒަމަކީ އެއްވެސް ގޮތަކަށް ޓޫރިޒަމް ޕްރޮމޯޓް ކުރަން ބޭނުންކުރާ ޓޫލެއް ނޫންކަމަށާއި މި ކަމަކީ ފަތުރުވެރިންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293