twitterviber whatsapp telegramfacebookyoutube instagram
18th April 2024

ކޮވިޑްގައި އެންމެން ގޭގައި ބޭތިއްބުންވީ އުނދަގޫ ކަމަކަށް: އަމީތާބް

Oct 9, 2021

ކޮވިޑް ދުވަސްވަރު އެންމެން ގޭގައި ބޭތިއްބުންވީ އުނދަގޫ ކަމަކަށްކަމަށާއި އެންމެންވެސް ސިއްރުން ގެއިން ބޭރަށް ގޮސްހެދިކަމަށް އަމީތާބު ބައްޗަން ބުނެފި އެވެ.

އަމީތަބު ހުށައަޅައިދޭ "ކޯން ބަނޭގާ ކަރޯޑް ޕަތީ" ގެ 13 ވަނަ ސީޒަންގެ އެންމެ ފަހުން އެޕިސޯޑުގެ ބައިވެރިއެއްކަމަށްވާ ދިވްޔާ ސަހޭ ޝޯ ނިންމާލުމަށް ފަހު އަމީތާބު އެކު ވާހަކަ ދައްކަމުން ކޮވިޑްގެ ދުވަސްވަރު އޭނާ އެންމެނާ ސިއްރުން ގެއިން ނުކުންނަ ކަމަށް ބުނުމުން އަމީތާބު ބުނީ އޭނާގެ ގޭގައިވެސް ތިކަހަލަ ކަންކަން ހިނގާފައިވާ ކަމަށެވެ.

އެގޮތުން އަމީތާބު ބުނީ އެންމެން ބޭރަށް ދިޔަނުދީ ހިފެހެއްޓުމުން އޭނާއާއި ސިއްރުން އެމީހުން ބޭރަށް ގޮސްހެދި ކަމަށެވެ.

މިދިޔަ އަހަރުގެ ޖޫންމަހު އަމީތާބު ވަނީ ކޮވިޑަށް ޕޮޒިޓިވްވެ މަހެއްހާ ދުވަހު ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ. އޭނާއާއިއެކު ދަރިފުޅު އަބީޝެކްވެސް ޕޮޒިޓިވްވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރިއެވެ. އަދި ޅީދަރިފުޅު އައިޝްވާރިއާއި ކާފަދަރިފުޅު އަރާދިޔާވެސް ވަނީ ހަފްތާއެއް ވަންދެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދީފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355