twitterviber whatsapp telegramfacebookyoutube instagram
6th May 2024

ޖޫރިމަނާގެ ގޮތުގައި އާމްދަނީއަށް 162 މިލިއަން

ޚަދީޖާ އާދަމް
Oct 9, 2021

ޖޫރިމަނާތަކުން ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު އަދަދު 160 މިލިއަނަށް ރުފިޔާއަށް ވުރެ ބޮޑުކަމަށް ފިނޭންސް މިނިސްޓްރީ ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދައުލަތަށް ޖޫރިމަނާގެ ގޮތުގައި 162.2 މިލިއަން ރުފިޔާ ލިބިފައިވާއިރު މި އަދަދު މިދިޔަ އަހަރުގެ ނިޔަލަށް ބަލާނަމަ އުޅެނީ 102.9 މިލިއަން ރުފިޔާގަ އެވެ.

ޖޫރިމަނާގެ ގޮތުގައި ލިބޭނެ ކަމަށް މި އަހަރު އަންދާޒާކުރީ 43.9 މިލިއަން ރުފިޔާ އެވެ. ޖޫރިމަނާގެ ގޮތުގައި ލިބުނު އަދަދު މީރާގެ ޖޫން މަހުގެ ތަފާސްހިސާބުގައި ހިމަނާފައިވީ ނަމަވެސް އެކަމާ ގުޅޭ ތަފްސީލް މައުލޫމާތު ހިމަނާފައެއް ނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355