twitterviber whatsapp telegramfacebookyoutube instagram
26th June 2026

345،203 މީހުން ވެކްސިން ފުރިހަމަކޮށްފި: އެޗްޕީއޭ

ޚަދީޖާ އާދަމް
Oct 10, 2021

ރާއްޖޭން ކޮވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ އަދަދު 345,203 އަރާފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

އެޗްޕީއޭއިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ހުކުރު ދުވަހު 1،080 މީހުން ވަނީ ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. އަދި ފުރަތަމަ ޑޯޒް 79 މީހަކު ވަނީ ޖަހާފައެވެ. އެހެންކަމުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދުވަނީ 392،966 އަރާފައެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމާއި އެސްޓްރާޒެނަކާ ވެކްސިން ޖަހަމުން އަންނައިރު އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށާއި އެޗްޕީއޭއިން ކަނޑައަޅާފައިވާ ހާއްސަ ކެޓަގަރީތަކުގެ މީހުންނަށް ދަނީ ފައިޒާ ވެކްސިން ޖަހަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355