twitterviber whatsapp telegramfacebookyoutube instagram
20th April 2024

ދިއްދޫ ރައީސްގެ ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމަށް ދިހަހާސް!

ނަބީލާ އިސްމާޢީލް
Oct 11, 2021

ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު އިންތިޒާމުކޮށް އެ ރަށުގެ ކަނބަލުންނަށް ހާއްސަކޮށްގެން ހޭންޑްބޯލް މުބާރާތެއް ބާއްވަން ނިންމާ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 ރުފިޔާގެ ފައިސާގެ އިނާމެއްވަނީ ހުށަހަޅާފަ އެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ މި މުބާރާތް އަންނަ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު ފަށަން ހަމަޖެހިފައިވާކަމަށާއި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މި މަހުގެ 28 ވަނަ ދުވަސްކަމަށެވެ.

އަބްދުﷲ ރަޝީދު ވިދާޅުވީ މުބާރާތުގައި ބައިވެރިވެވޭނީ ދިއްދޫ އަށް ނިސްބަތްވާ ޓީމުތަކަށް އެކަނި ކަމަށެވެ. ނަމަވެސް ކޮންމެ ޓީމަކުން ވެސް ރަށުން ބޭރު ދެ ކުޅުންތެރިންގެނައުމުގެ ފުރުސަތު ދެވޭނެ ކަމަށެވެ.

މުބާރާތުގައި ބައިވެރިވާން ބޭނުންވާފަރާތްތަކުން 9545295 ނުވަތަ 7409706 ފޯނަށް ގުޅައިގެން މުބާރާތުގައި ވާދާކުރާ ޓީމާއި ކުޅުންތެރިންގެ އިތުރުން އޮފިޝަލުން ރަޖިސްޓާރ ކުރަން އޮންނަ ފޯމު ލިބޭނެއެވެ.

ރައީސް ވިދާޅުވީ މި މުބާރަތަކީ ރަޝީދުގެ ވައުދެއްކަމަށާއި ކުރިންވެސް މިފަދަ މުބާރާތް ބޭއްވި ނަމަވެސް މި މަގާމަށް އައި ފަހުން މި ފަދަ ހޭންޑްބޯޅަ މުބާރާތެއް ބާއްވާ މިއީ ފުރަތަމަ ފަހުކަމަށެވެ.

ޗެމްޕިއަން ޓީމަކަށް 10،000 ރުފިޔާގެ ފައިސާ އިނާމެއް ލިބިގެން ދާއިރު ރަނަރަޕް ޓީމަށް 2000 ރުފިޔާ އަދި ޕެއާޕްލޭ ޓީމަށް 1،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިގެން ދާނެއެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުމެއް ދައްކާ 7 ކުޅުންތެރިންނަށް ޓްރޮފީ ވެސް ލިބޭނެއެވެ. ވަނަވަނަ އަށް ދާ ޓީމުތަކަށް ތައްޓާއި މެޑަލް ވެސް ހަވާލުކުރެވޭނެކަމަށް ރައީސް މައުލޫމާތު ދެއްވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355