twitterviber whatsapp telegramfacebookyoutube instagram
20th August 2026

ނަފްސާނީ ބަލިތަކަށް ފަރުވާ ދޭނެ އުސޫލު އެކުލަވާލުމަށް އެދިވަޑައިގެންފި

ޚަދީޖާ އާދަމް
Oct 11, 2021

ނަފްސާނީ ބަލިތަކަށް ފަރުވާދެއްވާ ބޭފުޅުންގެ ކޯޑު އޮފް އެތިކްސް ކަމާބެހޭ ފަރާތްތަކުން ވީ އެންމެ އަވަހަށް އެކުލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ގޮވާލައްވައިފި އެވެ.

ވިލާ ކޮލެޖްގެ ސައިކޮލޮޖީ އެސޯސިއޭޝަން އިފްތިތާހު ކުރުމަށާއި ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިއްޔެ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން މެޑަމް ފަޒްނާ ވަނީ ނަފްސާނީ ބަލިތަކުގައި ހިދުމަތްދެއްވާ ފަރާތްތަކުން އެ ހިދުމަތް ދިނުމުގައި އެތިކްސްގައި ހިފެހެއްޓެވުމަށާއި، ސްޓޭންޑާޑް ކޮމްޕްރަމައިޒް ނުކުރެއްވުމަށް އެދިވަޑައިގެންފައެވެ.

އެކަމަނާ ވަނީ 2016 އިން 2021 އަށް އެކުލަވާލާފައިވާ ނެޝަނަލް މެންޓަލް ހެލްތް ސްޓްރެޓިޖިކް ޕްލޭން 2016 – 2021ގައި ވާގޮތުގެ މަތިން ކޯޑް އޮފް އެތިކްސް އެކުލާވާލައި އެއަށް އަމަލުކުރަން ފެށުމުގެ މުހިއްމު ކަން ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން ރާއްޖޭގައި ވެސް ނަފްސާނީ ބަލިމަޑުކަން ތަހައްމަލު ކުރަމުންދާ މީހުން އިތުރުވަމުންދާތީ އެކަމަށް ހައްލު ހޯދުމަށް ހުރިހާ މުވައްސަސާތަކުން ގުޅިގެން މަސައްކަތްކުރުމަށް ވެސް މެޑަމް ފަޒްނާ ވަނީ އެދިވަޑައިގެންފަ އެވެ.

މިހަފްލާގައި މެޑަމް ފަޒްނާ ވަނީ ވިލާ ކޮލެޖުން އިސްނަގައިގެން ސައިކޮލޮޖީ އެސޯސިއޭޝަނެއް އެކޮލެޖުގައި ގާއިމުކުރުމުން އެކަމަށް ތަޢުރީފުކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355