twitterviber whatsapp telegramfacebookyoutube instagram
5th May 2024

ޒުވާނުންގެ ދުވަހަށް ހާއްސަކޮށްގެން ބާއްވާ ބީޗް ގޭމްސް މުބާރާތަކުގައި ބައިވެރިވާން ހުޅުވާލައިފި

ޚަދީޖާ އާދަމް
Oct 12, 2021
1

މިއަހަރުގެ ޒުވާނުންގެ ދުވަސް ގައުމީ ފެންވަރުގައި ރަސްމީކޮށް ކުޅުދުއްފުށީގައި ފާހަގަ ކުރަން ހަމަޖެހިފައިވާއިރު އެ ދުވަހާ ގުޅުވައިގެން ހާއްސަ ބީޗް ގޭމްސް ފެސްޓިވަލެއް ކުރިއަށްގެންދިއުމަށް ނިންމައިފި އެވެ.

އެގޮތުން އޮކްޓޯބަރު 19 ން 22 އަށް ކުރިއަށް ގެންދާ މި ފެސްޓިވަލްގައި 4 މުބާރާތެއް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ. އެއީ ވޮލީ، ސޮކާ، ހޭންޑް ބޯލް އެވެ.

މި މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިމަހު 13 ވަނަ ދުވަހާ ހަމައަސް ވަނީ ހުޅުވާލާފައެވެ. މި ފެސްޓިވަލްގެ ހުރިހާ މުބާރާތެއްވެސް ކުރިއަށް ގެންދަން ނިންމާފައިވަނީ އަންހެން ޑިވިޝަނާއި، ފިރިހެން ޑިވިޝަން ހިމެނޭ ގޮތަށެވެ.

މީގެ ކުރިން ކައުންސިލުން ބުނެފައިވަނީ ޒުވާނުންގެ ދުވަހުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ބައިވެރިވާނެކަމަށާއި އެ ދުވަހުގެ ހަރަކާތްތައް އޮކްޓޫބަރުމަހުގެ 23 ހަމައަށް ކުރިއަށްދާނެ ކަމަށެވެ.

ދުވަހާ ގުޅުވައި ގިނަ ހަރަކާތްތަކެއް ރޭވިފައިވާއިރު ޔޫތު މިނިސްޓްރީން ބުނީ އެގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ޒުވާނުންގެ ދުވަހުގެ އެންމެ ހާއްސަ އިވެންޓް ކަމުގައިވާ ޔޫތު އެވޯޑް 18 ފަރާތަކަށް ދިނުމާއި، ޖަމިއްޔާތަކުގެ މަހާސިންތާއެއް ބޭއްވުމާއި، ޒުވާނުން ހޭލުންތެރިކުރުމަށް ހާއްސަ ޕްރޮގްރާމްތަކެއް ހިންގުމާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަންނާނުން ހިމެނޭ ގޮތަށް ހާއްސަ ސްޓޭޖް ޝޯވްއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355