twitterviber whatsapp telegramfacebookyoutube instagram
15th August 2026

ރާއްޖެއާއި އިންޑިއާ ކުޅޭ މެޗަށް އާންމުންނަށް ޖުމްލަ 3000 ޓިކެޓް، މީހަކަށް ގިނަވެގެން ވިއްކާނީ ދެ ޓިކެޓް!

މުޙައްމަދު އަހުމަދު
Oct 11, 2021

މިހާރު ކުރިއަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ބުދަ ދުވަހު ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗުގެ ޓިކެޓް ވިއްކަން މާދަމާ ފަށާއިރު މީހަކަށް ގިނަވެގެން ވިއްކާނީ ދެ ޓިކެޓު ކަމަށް އެފްއޭއެމުން ހަމަޖައްސައިފި އެވެ.

އެފްއޭމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ވިދާޅުވީ ރާއްޖެއާއި އިންޑިއާ ކުޅޭ މެޗަށް އާންމުންނަށް ވިއްކަން ހަމަޖެހިފައިވަނީ ޖުމްލަ 3000 ޓިކެޓު ކަމަށެވެ.

ޓިކެޓު ވިއްކުމަށް ސޯޝަލް ސެންޓަރުގައި ތިން ޓިކެޓު ކައުންޓަރު އެފްއޭއެމުން ވަނީ ގާއިމުކޮށްފައިވާއިރު ޓިކެޓް ވިއްކަން ފަށާނީ މާދަމާ ހެނދުނު 10:00 ގައި ސޯޝަލް ސެންޓަރުގައި އެވެ.

އެ މެޗަށް ވަންނަން ބޭނުންވާ އިންޑިއާ ސަޕޯޓަރުންނަށް ކަނޑައަޅާފައިވަނީ 200 ޓިކެޓެވެ. އަދި އެ ޓިކެޓު ވިއްކާނީ ގަލޮޅު ދަނޑުން ކަމަށް ބައްސާމް ވަނީ ވިދާޅުވެފަ އެވެ.

ދިވެހިންނަށް ހާއްސަ ކޮށްފައިވާ ޓިކެޓްގެ ތެރެއިން ބާކީ 1800 އެއްހާ ޓިކެޓަކީ ކުޅުންތެރިންގެ އާއިލާތަކަށާއި ކްލަބުތަކަށާއި މުބާރާތުގެ ސްޕޮންސަރުންނަނަށް ހާއްސަކޮށްފައިވާ ޓިކެޓްތަކެއް ކަމަށް އެފްއޭއެމުން ބުނެފައިވެ އެވެ.

ރާއްޖެއާއި އިންޑިއާ ކުޅޭ މެޗު ފަށާނީ ބުދަ ދުވަހުގެ ރޭ 9 ޖަހާއިރު އެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް ރާއްޖެ އަށް ފައިނަލަށް ދެވެން އޮތްއިރު އެމެޗުން ބަލިވާ ޓީމެއް މުބާރާތުން ކަޓާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355