twitterviber whatsapp telegramfacebookyoutube instagram
13th February 2026

އޭލެވެލް ގަދަ 10 ގެ ޖަލްސާ އަންނަ އާދިއްތަ ދުވަހުގެ ރޭ ބާއްވަނީ

ނަބީލާ އިސްމާޢީލް
Oct 12, 2021

އޭލެވެލް އިމްތިހާނުން ގަދަ 10 އެއްގައި ހިމެނުނު ދަރިވަރުންނަށް އެވޯޑް ދިނުމުގެ ޖަލްސާ އަންނަ އާދީއްތަ ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަމީނިއްޔާ ސްކޫލުގައި ބާއްވާ އެ ހަފުލާގައި އިނާމު ދޭނީ 2019 ވަނަ އަހަރުގެ މެއި/ޖޫން އިންޓޭކުގައި އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން، އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ކަމަށެވެ.

އެ އިމްތިހާނުގެ ނަތީޖާތައް އަދި އާންމު ނުކުރި ނަމަވެސް ހަތް ދަރިވަރަކު ވަނީ ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަޝިޕް ޔަގީންކޮށްފަ އެވެ.

ގަދަ 10 އެއްގައި ހިމެނޭ ދަރިވަރުންނަށް ކޮންމެ އަހަރަކުވެސް އެޑިއުކޭޝަނުން އެވޯޑްނިން ނަމަވެސް ކޮވިޑާ ގުޅިގެން 2019 ވަނަ އަހަރުގެ ޖަލްސާވަނީ ނުބޭއްވިފަ އެވެ.

2019ވަނަ އަހަރު ބޭއްވި އޭލެވެލް އިމްތިހާނުގައި 48 ސެންޓަރަކުން 1500 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355