twitterviber whatsapp telegramfacebookyoutube instagram
13th May 2026

ނާކާމިޔާބީގެ ޒިންމާ 100 ޕަސެންޓް އަޅުގަނޑު ނަގަން: ސުޒޭން

މުޙައްމަދު އަހުމަދު
Oct 14, 2021

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރޭ އިންޑިއާ އަތުން ބަލިވެ ރާއްޖެ ވަނީ މުބާރާތާ އަލްވަދާއު ކިޔާފަ އެވެ. އެމެޗުން ކުރިމަތިވި ނާކާމިޔާބުގެ ޒިންމާ 100 ޕަސެންޓް ނަގާކަމަށް ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

ސާފް ޗެމްޕިއަންޝިޕްގައި މި ފަހަރު ރާއްޖެ ކުޅުނު ފުރަތަމަ މެޗުން 1 - 0 ން ނޭޕާލް އަތުން ބަލިވި ނަމަވެސް ބަންގްލަދޭޝް އަތުން 2 - 0 އާއި ލަންކާ އަތުން 1 - 0 ން ވަނީ މޮޅުވެފަ އެވެ. ނަމަވެސް ރޭ ސަރަހައްދުގެ ގަދަބާރު އިންޑިއާ އަތުން ބަލިވެ ރާއްޖެ ކެޓީ ލީގު ބުރުގެ އެންމެ މޮޅު ދެޓީމުގެ ތެރޭ ނުހިމެނި އެވެ.

ސުޒޭން ބުނީ ތަށި ހޯދަން ނުކުމެ އެކަން ނުވުމުމަކީ ހުރިހާ ސަޕޯޓަރުންނެކޭ އެއްގޮތަށް އޭނާ އަށް ވެސް އޮތް މާޔޫސްކަމެއް ކަމަށާއި އަޅުގަނޑުމެން އެންމެން ވެސް މިތިބީ މާޔޫސްވެފައި ކަމަށެވެ.

ރާއްޖެއިން މެޗަށް ތައްޔާރުވީ ދެ އަރިމަތިން ހަމާލާ އުފެއްދޭނެ ގޮތަށް ޕްލޭން ކޮށްގެން ކަމަށާއި ޕެނަލްޓީ އޭރިއާގެ ތެރެއިން ހަމްޒާ މުހައްމަދު (ހަމްޕު) އަށް ފައުލު ކުރީ ވެސް އެ ގޮތަށް އުފައްދަން އުޅުނު ހަމަލާއަކުން ކަމަށް ސުޒޭން ބުންޏެވެ.

ގައުމީ ޓީމަށް ދެން އެންމެ އަވަހަށް އޮތް މުބާރާތަކީ އަންނަ މަހު ސްރީލަންކާގައި ހަތަރު ގައުމެއްގެ މެދުގައި ބާއްވަން ހަމަޖެހިފައިވާ މުބާރާތެކެވެ. އެ މުބާރާތުގައި ކުޅޭނީ ލަންކާ އަދި ރާއްޖޭގެ އިތުރުން ސީޝެލްސް އާއި ބަންގްލަދޭޝް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355