twitterviber whatsapp telegramfacebookyoutube instagram
14th July 2026

އަންނަ މަހުން ފެށިގެން ހިދުމަތްތައް އުތީމު އާ އިންޖީނުގެއަށް ބަދަލުކުރަނީ

Oct 16, 2021

ހއ.އުތީމުގެ އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތް އަންނަ މަހުގެ ފުރަތަމަ ހަފްތާއަށް ނިންމާނެ ކަމަށް ފެނަކައިން ބުނެފި އެވެ.

ރަށްރަށުގެ އިންޖީނުގެތައް މީހުން ދިރިނޫޅޭ ސަރަޙައްދަށް ބަދަލުކުރުމުގެ މަސައްކަތުގެ ދަށުން އުތީމު އާ އިންޖީނުގެއަށް ހިދުމަތްތައް އަންނަ މަހުން ފެށިގެން ބަދަލުކުރެވޭނެކަމަށްވެސް ފެނަކައިން މައުލޫމާތު ދެއެވެ.

އުތީމުގެ އިންޖީނުގެ މީހުން ދިރިއުޅޭ ސަރަޙައްދާ ދުރަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތް ފެނަކައިން ފެށީ، މިދިޔަ އަހަރުގެ ފެބްރުއަރީމަހުއެވެ. މިއީ ރީތި ފަރުމާއަކަށް ތަރައްޤީކުރާ ޒަމާނީ އިންޖީނުގެއެކެވެ.

މި ޕްރޮޖެކްޓްގެ ދަށުން އިންޖީނުގެއާއި، އޮފީސް އިމާރާތާއި، ޑީސަލް ރައްކާކުރާ ޓޭންކާއި ޗިމްނީ ހެދުން ހިމެނެއެވެ. ފެނަކައިން ވިދާޅުވީ އިމާރާތުގެ ހުރިހާ މަސައްކަތްތައް މިހާރު މުޅިން ނިމިފަވާކަމަށެވެ.

އަތޮޅުތަކުގެ ގިނަ ރަށްތަކަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން އަންނަނީ ފެނަކަ ކޯޕަރޭޝަނުންނެވެ. އެކުންފުނިން ގެންދަނީ ރަށްރަށުގައި ހުރި ބާ އިންޖީނުގެތަކުގެ ބަދަލުގަ އައު އިންޖީނުގެތައް ތަރައްޤީކުރުމާއި، މީހުންނަށް އުނދަގޫވާގޮތަށް ރަށުތެރޭގައި ހުރި އިންޖީނުގެތައް ދުރު ސަރަޙައްދަށް ބަދަލުކުރުމާއި، ރަށްރަށުގެ ކަރަންޓު ނެޓްވޯކްތައް ޒަމާނީ ވަސީލަތްތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355