twitterviber whatsapp telegramfacebookyoutube instagram
4th May 2024

މުޅި ރާއްޖެއަށް ޔެލޯ އެލާޓް ނެރެފި

ނަބީލާ އިސްމާޢީލް
Oct 16, 2021

މޫސުން ގޯސްވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މުޅި ރާއްޖެއަށް ނެރުނު ޔެލޯ އެލާޓުގެ ވަގުތު ވެސް ވަނީ މިރޭ 00:30 އާއި ހަމައަށް އިތުރުކޮށްފައެވެ. މޫސުމާބެހޭ ގައުމީ އިދާރާއިން މިރޭ ބުނީ އުތުރާއި, މެދު ރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ބައެއް ރަށްރަށަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ވެސް ލަފާކުރެވޭ ކަމަށެވެ.

އެ އިދާރާއިން ލަފާ ކުރާގޮތުގައި ރާއްޖޭގެ ހުރިހާ ރަށްތަކަށް ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަ ވާނެ ކަމަށެވެ.

ހަމައެއާއެކު ކަނޑުތައް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިން ހުންނާނީ 06 ފޫޓާއި، 08 ފޫޓާއި ދެމެދުކަމަށް ވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުންޏެވެ.

އެހެންކަމުން މެޓް އޮފީހުންވަނީ އެންމެންވެސް، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355