twitterviber whatsapp telegramfacebookyoutube instagram
14th April 2026

އެކި ދާއިރާތަކުން ރާއްޖެއާއި އޮސްޓްރޭލިއާ ގުޅުން ބަދަހިކުރަނީ

ޚަދީޖާ އާދަމް
Oct 17, 2021

އިގްތިސާދާއި، ތައުލީމާއި ވިޔަފާރީ ދާއިރާއިން ރާއްޖެއާއި އޮސްޓްރޭލިއާ އިތުރަށް ގުޅުން ބަދަހިކުރުމަށް ދެ ގައުމުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކޮށްފައިވަނީ މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އޮސްޓްރޭލިއާގެ ޓްރޭޑް މިނިސްޓަރު ޑޭން ޓީހާންއާއި ފޮރިން މިނިސްޓްރީ ވަގުތޯ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލެވެ.

އޮސްޓްރޭލިއާގެ ޓްރޭޑް މިނިސްޓަރު ޑޭން ޓީހާން ރާއްޖެ ވަޑައިގަތީ ރަސްމީ ދަތުރުފުޅެއްގައި މިއަދު އެވެ. އެގޮތުން ދެ ގައުމުގެ މެދުގައި އޮތް ހާރިޖީ ގުޅުން ވަރުގަދަކުރުމަށްވެސް ވަނީ މަޝްވަރާކޮށްފައެވެ. މީގެ އިތުރުން މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ދެ ގައުމުގެ ގުޅިގެން މަސައްކަތްކުރުމަށް ވެސް މަޝްވަރާކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގައި ވެސް ކޮވިޑް-19ގެ ހާލަތު އޮތް ގޮތް ދެ ބޭފުޅުން ވެސް ވަނީ އޮޅުން ފިލުއްވާފައެވެ. އެއާއެކު ސްޓޭޓް މިނިސްޓަރު ހަލީލްވަނީ ރާއްޖޭގައި ކޮވިޑް ކޮންޓްރޯލްކުރުމަށް އޮސްޓްރޭލިއާގެ ސަރުކާރުން ދިން އެހީއާއި އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355